ބ. ބޮޑުފިނޮޅުގައި ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި، މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކުރިކަމުގެ ތުހުމަތުކުރެވޭ މައްސަލާގައި އެމަސައްކަތާ ހަވާލުވެފައިވާ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާގެ އާރުއައިއެކްސް (ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް، ދަޢުވާކޮށްދިނުން އެދި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށައެޅި މައްސަލާގައި ދަޢުވާ ނުކުރެވި ލަސްވަނީ އިތުރު ހެކިތަކެއް ދިރާސާކުރަން ޖެހުމުން ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
އާރުއައިއެކްސް ކުންފުނީގެ މައްޗަށް ތުހުމަތުކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަލަ ތަހުގީގު ކުރުމަށް ފަހުގައި ދައުވާ ކޮށްދިނުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. އަދި ޕީޖީ އޮފީހުން އެ މައްސަލަ ޑިސެންބަރ މަހުގެ 16 ވަނަ ދުވަހު ވަނީ ބަލައިގެންފައެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ މައްސަލަ އޮތީ ޕީޖީ އޮފީހުގައި ދައުވާ ނުކޮށެވެ. އަދި މިއަދާއި ހަމައަށް އެމައްސަލައިގާ ދައުވާ ނުކޮށް ބާއްވާފައި އޮތް ސަބަބެއް ޕީޖީ ވިދާޅެއް ނުވެއެވެ.
ޕީޖީ އޮފީހުން ބުނީ، މައްސަލައިގައި ގޮތެއް ނުނިމި އޮތީ މައްސަލައާއި ގުޅިގެން އިތުރު ހެކިތަކެއް ލިބިފައިވާތީ އިތުރަށް ދިރާސާ ކުރަން ވަގުތު ބޭނުންވާތީ ކަމަށެވެ. އަދި އިތުރަށް ފާހަގަވި ހެކިތަކަކީ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާގައި ފާހަގަވި ހެކިތަކެއް ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
ރިޒާއި ދެކޮޅަށް ދައުވާކޮށްދިނުމަށް ފޮނުވީ ބ. ބޮޑުފިނޮޅުގައި ބިދޭސީ މުވައްޒަފުންތަކަކަށް މުސާރަ ނުދީ މަސައްކަތްކުރުވި މައްސަލައިގައެވެ. މި މައްސަލައިގެ ތަހުގީގަށް ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޒާ ފުލުހުންގެ އިދާރާއަށްވެސް ހާޒިރުކޮށް ސުވާލު ކޮށްފައިވެ އެވެ.
ބިދޭސީންނަށް މުސާރަ ނުދިން މައްސަލައިގައި މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެ ބިދޭސީ މުވައްޒަފުން ވަނީ އެ ރަށުގައި ހަމަނުޖެހުން ހިންގައި ބައެއް ދިވެހި މުވައްޒަފުން ރަހީނު ކޮށްފައެވެ. ރަހީނު ކުރި ދިވެހިން ސަލާމަތް ކުރީ އެ އަތޮޅުގައި މަސައްކަތް ކުރާ ފުލުހުން ގޮސްގެން އެކަން ނުވެގެން މާލެއިން ދިޔަ އެސްއޯ ފުލުހުން އެ ރަށަށް އަރައިގެންނެވެ.
އެ މައްސަލައާ ގުޅިގެން 19 ބިދޭސީއަކު ހައްޔަރުކުރިއިރު އެމީހުންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން ވަނީ އެކަން ހިނގާދިޔަ ގޮތް ވަރަށް ސާފުކޮށް ކޯޓުގައި ކިޔައިދީފަ އެވެ.
އެގޮތުން މުސާރަ ހޯދުމަށް އާދޭސްކުރުމުން، ބިރު ދައްކައި މަރުގެ އިންޒާރުދިން ކަމަށް އެމީހުން ވަނީ ބުނެފަ އެވެ. މުސާރަ ނުލިބޭތާ ހަ މަސް ދުވަސްވާތީ އެކަމުގެ ޝަކުވާކުރުމުން، މުސާރަ ނުދޭނެ ކަމަށް ބުނެ އެރަށަށް ބަޔަކު ފޮނުވައި، އެ މީހުންނަށް ބިރު ދައްކާފައިވާ ކަމަށާއި މުސާރަ ނުދީ އެމީހުން ފޮނުވާލާނީ މާލެއަށް ކަމަށް ވެސް ބުނެފައިވާ ކަމަށް އެމީހުން ވަނީ ކޯޓުގައި ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު