ސެޓެލައިޓް ސްކޫލްގެ ގޮތުގައި ޤާއިމްކުރާ ވ. ރަކީދޫއާއި، ވ. ތިނަދޫ ސްކޫލް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކުރުމުގެ އެގްރިމަންޓްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަހަރުގެ ދިރާސީ އާއަހަރުގެ ކިޔެވުން ފެށޭއިރު ސްކޫލް ނެތް ދެރަށް ކަމަށްވާ ވ. ރަކީދޫއާއި އެއަތޮޅު ތިނަދޫގައި ސެޓަލައިޓް ސްކޫލިން ޤާއިމްކުރުމަށް ނިންމަވާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ މީގެ ކުރިންވަނީ ވިދާޅުވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ވ. ރަކީދޫ ސްކޫލް ސެޓެލައިޓް ސްކޫލްގެ ގޮތުގައި ތަރައްޤީ ކުރުމުގެ މަސައްކަތް އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ ދެމިލިއަން އަށްލައްކަ ނުވަދިހަދެހާސް ހަތަރުސަތޭކަ އަށްޑިހަ ރުފިޔާ ފަސްދޮޅަސް ހަ ލާރި އަށް ކަމަށެވެ. އަދި ވ. ތިނަދޫ ސްކޫލުގެ މަސައްކަތް ސިލްވަރ ގްރޫޕް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ އެއްމިލިއަން ތިންލައްކަ ސާޅީސްހާސް ހަސަތޭކަ އަށްޑިހަ އެއް ރުފިޔާ އަށްޑިހަ އެއްލާރި އަށެވެ.
މިއެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން އަހުމަދު ރިޔާޒެވެ. އެސްބްރޯ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވި ޑިރެކްޓަރ ހަސަން މުހައްމަދު ތަވީލެވެ. ސިލްވަރ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓް މެނޭޖަރ މުހައްމަދު އަމީން އިބްރާހީމެވެ.

ކިޔުންތެރިންގެ ހިޔާލު