އަލިސާފު ދޯނި
އަލިސާފު ދޯނި
ތިން މީހުންނާއެކު ދަތުރުކުރި ދޯންޏެއް ނޮޅިވަރަންފަރު ނެރުމައްޗަށް އުރިއްޖެއެވެ.

އެމްއެންޑީއެފުން ބުނީ 90 ފޫޓުގެ މިދޯނި އުރިފައިވަނީ ހދ. ނޮޅިވަރަންފަރަށް ވަންނަން އުޅުމުގެ ތެރޭގައި އެރަށު ނެރުމައްޗަށްކަމަށާއި، ޙާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 20:51 ގައި ކަމަށެވެ.

"އަލިސާފު" ނަމަކަށް ކިޔާ މުދާއުފުލާ ދޯނި އުރުނު އިރު ދޯނީގައި 3 މީހުން ތިބި ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވެއެވެ.



ޙާދިސާގެ މަޢުލޫމާތު ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަރން އޭރިއާގެ ކޯސްޓްގާޑް ސްކޯޑްރަން އެ ސަރަޙައްދުގައި ޙަރަކާތްތެރި ވަމުންދާ ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން