ތަމްރީން ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް އިންޑިއާގެ ނޭވީ ޝިޕް "ޝަރްދާ" ރާއްޖެ އަތުވެއްޖެއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯހުން ބުނީ، އިންޑިއާގެ ނޭވީ ޝިޕް ރާއްޖެ އައިސްފައިވަނީ ދިވެހި އަސްކަރިއްޔާއާއި އިންޑިއާ އަސްކަރިއްޔާ ގުޅިގެން ކުރިޔަށް ގެންދާ "އެކްސް-އެކަތަ 04" ތަމްރީން ޕްރޮގްރާމް ނިންމުމުގައި ބައިވެރިވުމަށް ކަމަށެވެ.



މި ނޭވީ ޝިޕް ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވަނީ ދެ ގައުމުން ކުރިޔަށް ގެންދާ ތަމްރީން ޕްރޮގްރާމް ނިންމާލުމަށްފަހު، މި މަހުގެ 12 ވަނަ ދުވަހު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު