ލޯކަލް ކައުންސިލް އިންތިޚާބު
ލޯކަލް ކައުންސިލް އިންތިޚާބު
ވ. ރަކީދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ގޮނޑި މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރްއެމަށް ލިބިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އެމްއާރްއެމްގެ ތިން ކެންޑިޑޭޓުން އިންތިހާބަކާއި ނުލައި ހޮވިފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް މެންބަރުން ކުރިމަތިލާފައިނުވާތީ ކަމަށެވެ. ޖުމްލަ ފަސް މެންބަރުން ތިއްބަވަންޖެހޭ ރަކީދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވާދަކުރުމަށް ކުރިމަތިލާފައިވަނީ ތިން ކެންޑިޑޭޓުންނެވެ.

ރަކީދޫގެ އިތުރުން ލ. މާބައިދު އާއި ހދ. ނޭކުރެންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަށްވެސް އިންތިހާބަކާއި ނުލައި ޕީޕީއެމްގެ ދެ ކެންޑިޑޭޑޭޓުން ވަނީ ހޮވިފައެވެ.

އީސީން ބުނީ މެންބަރުން ތިއްބަވަން ޖެހޭ ޢަދަދަށް ކުރިމަތިލާފައި ނުވާ ދާއިރާތަކުގެ އިންތިޚާބަށް އަލުން ހުޅުވާލާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން