ހުޅުލޭ އައިލެންޑް ހޮޓެލް
ހުޅުލޭ އައިލެންޑް ހޮޓެލް
ހުޅުލޭ އައިލެންޑް ހޮޓަލްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފިއެވެ.

ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ ހުޅުލޭ އައިލެންޑް ހޮޓަލްގައި ވަޒީފާ އަދާކުރަމުން ދިޔަ ގިނަ ޢަދަދެއްގެ ދިވެހި މުވައްޒަފުން އެއްއަހަރު ވަންދެން ނޯޕޭ ލީވްގައި ބޭތިއްބުމަށް ފަހު ވަޒީފާއިން ވަކި ކުރަމުންދާ ކަމަށެވެ. ޝިޔާމް އިއްޔެ ވަނީ ވަޒީފާއިން ވަކި ކުރި މުވައްޒަފަކަށް އެ ކުންފުނިން ފޮނުވި ޓަރމިނޭޝަން ލެޓަރއެއްވެސް ހިއްސާ ކުރަށްވާފައެވެ.

"ކުއްލިއަކަށް ވަޒީފާއިން ވަކި ކުރުމަކީ އެ ޢާއިލާތަކަށް ދިން ވަރަށްބޮޑު ނިކަމެތި ކަމެއް." ޝިޔާމް ވިދާޅުވިއެވެ.



ހުޅުލޭ އައިލެންޑް ހޮޓެލަކީ ރާއްޖޭގެ މައި އެއަރޕޯޓްކަމުގައިވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ހުންނަ ހަމައެކަނި ހޮޓަލެވެ. ހުޅުލޭގައި ހިންގާ ފަސް ތަރީގެ އެހޮޓަލުގައި ގެސްޓުންނަށް ޚިދުމަތްދިނުމަށް 136 ކޮޓަރި ހުރެއެވެ. މިއީ އެމްއޭސީއެލްގެ 60 އިންސައްތަ ޙިއްސާ އޮންނަ ހޮޓަލެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން