ބައްލަވަންވީ ވަރަށް ނުބައްލަވާ ރައްޔިތެއްގެ ހައްގު ހިފެހެއްޓެވީތީ ހިތާމަކުރަށްވާ ކަމަށް ވިދާޅުވެ ޤައުމީ އެއްބަވައިވަންތަކަމުގެ ޕާޓީގެ ނަމުގައި ޕާޓީއެއް އުފައްދަން ހުށައެޅުއްވި ކުރީގެ ހޯމް މިނިސްޓަރ އަބްދުﷲ ކަމާލުއްދީން އިލެކްޝަންސް ކޮމިޝަނަށް ފާޑު ވިދާޅުވެއްޖެއެވެ.
ޕާޓީއެއް ހަދަން އަބްދުﷲ ކަމާލުއްދީންގެ ޝަރުތު ހަމަނުވާކަމަށް ބުނެ، ސިޔާސީ ޕާޓީއެއް އުފައްދަން ކަމާލުއްދީން ހުށަހެޅުއްވި ފޯމް، އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ބާތިލްކޮށްފައެވެ. ޢަބްދުﷲ ކަމާލުއްދީން ޕާޓީއެއް އުފައްދަވަން އިލެކްޝަނަށް ފޯމް ހުށަހެޅުއްވީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ޢަބްދުﷲ ކަމާލުއްދީންގެ ފޯމު އީސީން ބާތިލްކޮށްފައިވާތީ، އޭނާ މިރޭ ވިދާޅުވީ، ޖޫން 30 ވަނަ ދުވަހު އޭނާ ވާނީ އެމްއާރއެމުން ވަކިވެވަޑައިގެންފައިކަމަށާއި، އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ބައްލަވަންވީ ވަރަށް ނުބައްލަވާ ރައްޔިތެއްގެ ހައްގު ހިފެހެއްޓެވި ކަމާމެދު ހިތާމަ ކުރައްވާކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ؛ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި އަބްދުﷲ ކަމާލުއްދީން ހުށަހެޅުއްވި ފޯމަކީ ބާޠިލް ފޯމެއް ކަމުގައި މިއަދު ކޮމިޝަނުން ނިންމާފައިވާކަަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް ސިޔާސީ ޕާޓީއެއް އުފައްދާކަށް ހުށައެއްނޭޅޭނެއެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހުސެއިން ހަބީބު މިރޭ ވިދާޅުވީ އެމްއާރްއެމުން ކަމާލުއްދީން ވަކި ކޮށްދިނުމަށް އެދި މިރޭ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ކުރީގެ ޑީއާރުޕީ އަދި ފަހުން ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމްގައިވެސް އިސް ދައުރެއް އަދާކުރެއްވި އަބްދުﷲ ކަމާލުއްދީން އައު ޕާޓީއެއް ހަދަން ހުށަހެޅުއްވީ، އައު ޤާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ޤައުމުގައި ޙައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރިކަމަށް ވިދާޅުވެއެވެ. އަދި މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދީ، ޤައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ޤައުމުގެ އިޖްތިމާޢީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު ޢަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.
އަބްދުﷲ ކަމާލުއްދީން، (އޭކޭ) އައު ސިޔާސީ ޕާޓީއެއް ހަދަން މަސައްކަތްކުރަމުންދާއިރު ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންވާ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ކާނަލް ނާޒިމް ވެސް ގެންދަވަނީ ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރަށްވަމުންނެވެ.

ޖޫން 30 ވަނަ ދުވަހު އަޅުގަޑު އެމް އާރ އެމް އިން ވަނީ ވަކިވެފަ. ބައްލަވަންވީ ވަރަށް ނުބައްލަވާ ރައްޔިތެއްގެ ހައްގު ހިފެހެއްޓެވި ކަމާމެދު ހިތާމަ ކުރަން https://t.co/IKqCT42TGk pic.twitter.com/ar4Pozt9nD
— Abdullah Kamaludeen (@akdeen) July 14, 2021
އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި ހުށައަޅާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތު ފުރިހަމަ ނުވާތީ؛ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އެދި އަބްދުﷲ ކަމާލުއްދީން ހުށަހެޅުއްވި ފޯމަކީ ބާޠިލް ފޯމެއް ކަމުގައި މިއަދު ކޮމިޝަނުން ނިންމާފައިވާކަަމަށެވެ.
ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބުނާގޮތުން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި ހިމެނޭ މީހަކަށް ސިޔާސީ ޕާޓީއެއް އުފައްދާކަށް ހުށައެއްނޭޅޭނެއެވެ. އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް ހުސެއިން ހަބީބު މިރޭ ވިދާޅުވީ އެމްއާރްއެމުން ކަމާލުއްދީން ވަކި ކޮށްދިނުމަށް އެދި މިރޭ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
އޮނަރަބަލް @akdeen އެމް.އާރް.އެމް އިން ވަކިކޮށްދިނުމަށް އެދި 29 ޖޫން 2021 ގައި ވަނީ ސިޓީ ފޮނުއްވާފައެވެ. އެބޭފުޅާ އެމް.އާރް.އެމްގެ ދަފްތަރުން އުނިކޮށްދިނުމަށް އެދި މިއަދުވަނީ @ElectionsMv އަށް ހުށަހަޅާފައެވެ.
— Maldives Reform Movement (MRM) 🇲🇻 (@MRM_Office) July 14, 2021
ކުރީގެ ޑީއާރުޕީ އަދި ފަހުން ޖުމްހޫރީ ޕާޓީއާއި އެމްއާރުއެމްގައިވެސް އިސް ދައުރެއް އަދާކުރެއްވި އަބްދުﷲ ކަމާލުއްދީން އައު ޕާޓީއެއް ހަދަން ހުށަހެޅުއްވީ، އައު ޤާނޫނުއަސާސީގެ ދަށުން ރައްޔިތުން ބާރުވެރިކުރެވި ދައުލަތުގެ ބާރުތައް ވަކި ކުރެވިގެން ދިޔުމާއެކުވެސް، ޤައުމުގައި ޙައްލުނުކުރެވިހުރި އެތަކެއް މައްސަލަތަކެއް އެބަހުރިކަމަށް ވިދާޅުވެއެވެ. އަދި މާތްވެގެންވާ އިސްލާމްދީނަށް ނަޞްރުދީ، ޤައުމުގެ ސިޔާދަތު ދަމަހައްޓައި، ރައްޔިތުން ފަރުދީ ގޮތުން ބާރުވެރި ކުރުވުމަށާއި ޤައުމުގެ އިޖްތިމާޢީ ދުޅަހެޔޮކަން ވަރުގަދަކުރުމަށް، އައު ޢަޒުމެއްގައި އައު ސިޔާސީ ފަލްސަފާއެއް ވުޖޫދުވާން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ.
އަބްދުﷲ ކަމާލުއްދީން، (އޭކޭ) އައު ސިޔާސީ ޕާޓީއެއް ހަދަން މަސައްކަތްކުރަމުންދާއިރު ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހިމެނިވަޑައިގަންވާ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް، ކާނަލް ނާޒިމް ވެސް ގެންދަވަނީ ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރަށްވަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު