އެސްޓީއޯ ފިއުލް ސަޕްލައިގެ ޕެޓްރޯލް ޝެޑެއް
އެސްޓީއޯ ފިއުލް ސަޕްލައިގެ ޕެޓްރޯލް ޝެޑެއް
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލުގެނައިތާ މަސްދުވަސް ނުވަނީސް އަނެއްކާވެސް ތެލުގެއަގު ބޮޑުތަނުން ބޮޑުކޮށްފިއެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ބުނެފައިވަނީ، މި ދުވަސްވަރު ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު އުފުލިފައިވާތީ ރާއްޖެއަށް އެތެރެކުރާ ތެލުގެ އަގުވެސް ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން ރާއްޖެއިން ތެޔޮ ވިއްކާ އަގަށް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯއިން ބުނެފައި ވެއެވެ.

އެސްޓީއޯއިން މިފަހަރު އަގަށް ގެނައި ބަދަލުތަކުގައިވާ ގޮތުން ޕެޓްރޯލް ވިއްކަން ހަމަޖައްސާފައި ވަނީ ލީޓަރެއް 10 ރުފިޔާ 72 ލާރިއަށް ކަމަށާއި ޑީސަލް ވިއްކާނީ 10 ރުފިޔާ 95 ލާރިއަށް ލީޓަރެއްގެ މަގުން ކަމަށް ބުނެފައިވެއެވެ. މިހާރު ވިއްކާ އަގާ އަޅާބަލާއިރު ޕެޓްރޯލްގެ އަގު ބޮޑުކޮށްފައި ވަނީ 01 ރުފިޔާ 21 ލާރިއެވެ. އަދި ޑީސަލްގެ އަގުން ބޮޑުކޮށްފައި ވަނީ 23 ލާރިއެވެ.



އެސްޓީއޯ އިން ވަނީ މި ދިޔަ މަހުގެ 21 ވަނަ ދުވަހު ވެސް ޕެޓްރޯލާއި ޑީސަލްގެ އަގު ބޮޑުކޮށްފައެވެ. އޭރު ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 09 ރުފިޔާ 74 ލާރިއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަމުން ދިޔައީ 10 ރުފިޔާ 72 ލާރިއަށެވެ.

ކުންފުނީގެ މިހާރުގެ އެމްޑީ އަމްރު ކުންފުންޏާ ހަވާލުވިފަހުން މިހާތަނަށްވެސް ބޮޑުތަނުން ގެއްލުންވަމުން އަންނަ އެސްޓީއޯއަކީ ތެޔޮވިއްކައިގެން ލިބޭ އާމްދަނީ އަކަށް ބަރޯސާވެ ހިންގާ ކުންފުންޏެކެވެ. އެސްޓީއޯގެ އެމްޑީ ގެ މަގާމު ލިބިވަޑައިގެންނެވިތާ ތިން އަހަރު ނުވަނީސް ކުންފުނީގެ އެމްޑީ ހުސައިން އަމުރު މާލެއިން ބޮޑު އަގުގައި ބިމެއް ނުވަތަ ގޯއްޗެއް ބައްލަވައިގެންނެވި މައްސަލައެއްވެސް ދާދިފަހުން މީޑިއާގައި ވަނީ ފެންމަތިކޮށްފައެވެ. މި ފާޑުކިއުންތަކަށް ޖަވާބު ދެއްވަމުން އަމުރު ވަނީ އޭނާ 8.4 މިލިއަން ރުފިޔާއަށް ބައްލަވައިގެންނެވި އެ ގޯތި ބައްލަވައިގަތީ އޭނާ އެގޭގައި ހަދަން ފަށާފައި ހުރި ރެސްޓޯރެންޓެއްގެ އިންވެސްޓްމަންޓަށް ބަލައި ބޭންކަކުން ދިން ލޯނަކުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޙ

21-Jul-2021

ބިން ގަރް ވާހަކަ އޮއްބަން ޖެހި ރޮކެޓެއް. އެވާހަކަ ނުއެއް އޮބޭނެ


-7

އިއްބެ

16-Jul-2021

އަމްރު މާލެއިން އަށްމިލިއަން ރުފިއާޔައް ބިމެއް ބައްލަވައިގެންފި.



ޓްރެންޑިން