އެމްއެންޑީއެފް ކޯސްޓްގާޑް
އެމްއެންޑީއެފް ކޯސްޓްގާޑް
ށ. މަރޮށިން ހަތަރު މީހުންނާއެކު ގެއްލިގެން ހޯދަމުންދިޔަ ޑިންގީ ފެނިއްޖެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޑިންގީގައި ތިބީ ހަތަރު މީހުންނެވެ. އެއީ، އުމުރުން 18 އަހަރު ނުފުރޭ ދެ ކުއްޖަކާއި 18 އަހަރުން މަތީގެ ދެ މީހެކެވެ.

އެ މީހުން ހޯދުމުގެ މަސައްކަތް އެރަށުގެ ރައްޔިތުންނާއި، ސިފައިންނާއި ފުލުހުން ކުރަމުން ދަނިކޮށް ޑިންގީގައި ތިބި މީހުންނާއެކު ވަނީ ފެނިފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެންމެންގެ ޙާލުވެސް ރަނގަޅެވެ.

މިޙާދިސާގެ އިތުރު ތަފްސީލް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން