ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މަލީޙް ޖަމާލް
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މަލީޙް ޖަމާލް
މި ސަރުކާރުގެ ފުރަތަމަ ސައިންސް އެންޑް ޓެކޮނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު މިރޭ ޕީޕީއެމަށް ސޮއި ކުރައްވަން ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މަލީހު ހިމެނޭގޮތުން ސިޔާސީ ދާއިރާގައި އިސްކޮށް ޙަރަކާތްތެރިވާ ބައެއް ފަރާތްތަކުން މިރޭ އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ސޮއި ކުރަށްވާނެއެވެ. މިކަމަށްޓަކައި ޚާއްސަ ރަސްމިއްޔާތެއް މިރޭ 09:00 ގައި ޕީޕީއެމް އޮފީހުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް ދެ އަހަރު ވެގެންދިޔައިރު ވެސް ހަދާފައި ނުވާ ކަމަށް ބުނެ މަޖިލީހުން ވަނީ މިއަހަރުގެ މާރޗް އެއްވަނަ ދުވަހު މަލީޙްގެ އިތުބާރު ނެތްކަމަށް ފާސްކޮށް މަޤާމުން ވަކިކޮށްފައެވެ. މަލީޙް މަގާމުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދެއްވައިފައި ވަނީ 59 މެންބަރުންނެވެ. ނުފެންނަ ކަމަށް 1 މެންބަރަކު ވޯޓު ދެއްވިއެވެ. ވަކި އަތަކަށް ނުޖެހޭ ކަމަށް ވޯޓު ދެއްވީ 4 މެންބަރުންނެވެ.

މަޤާމުން ވަކި ކުރި ފަހުން މާރޗް 10 ވަނަ ދުވަހު މަލީޙް ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ. އޭގެ ފަހުން މަލީޙް ގެންދަވަނީ ސަރުކާރަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. މަލީހަކީ މިހާރުގެ ކޯލިޝަން ސަރުކާރު ގެނައުމަށް އިދިކޮޅާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު


6

ޜެއްކަބޭ

21-Jul-2021

ތީ ފެއިލްވެފައި ތިބި ބައެއް. މާބޮޑު ސްޓޭޓަސް އެއް އޮތްބައެއްނޫން. ބޮޑިބަތް ޖަމީލް, އުމަރު ނަސީރު, ބޮނަކުއާ, ރީކޯމޫސަ, އިބްރާ. ދެން މިއުޅޭ ޝޭހުންތައް. ޙާއްސަކޮށް އިޔާުޒު އާއި އަމިއްލަޔަށްވޝޭހަކަވެގެން އުޅޭ އަލީ ރަމީޒު. މިމީހުންގެ ކަމަކީ އަބަދުވެސް އަންނިއާ ބެހުން. ޢަންނިއަކާއި ނުކުޅެވޭނެ. މިމީހުންނަށް ހިވަނީ ރާއްޖޭގެ ވެރިކަމަށް އާދެވިދާނެހެން. މިގައުމުގެ ރައްޔިތުން ގުނބޮލެއް ނުހެއްދޭނެ. ދެނެއް ތިޔަ ޝޭހުން ފައިސާ ހޯދާގޮތަކަށް ފައިސާއެއްވެސް ނުހޯދޭނެ. މިހާރު ތިޔަ ތިބީ އަނގަ ބަންދުވެފައި. ދެން ކޮންމެވެސް ނޫހަކަށް ލާރިކޮޅެއް ދީގެން ލާދީނީއެއްވެސް ނުގޮވޭނެ. ޅާރި ހޯދަން އަންހެން ކުދިން ހިތާނުކުރަން ހިތާނުކޭންޕް ބާއްވާ ދެން.



ޓްރެންޑިން