ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު
ސިޔާސީ ގޮތުން މިހާރުއޮތް އެންމެ އުންމީދީ ފިކުރަކީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލަޑިވްސް (ޕީޕީއެމް) ކަމަށް، ޕީއެންސީގެ ނައިބު ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމަށް ރާއްޖޭގެ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ބައެއް ފަރާތްތަކުން ރޭގެ ވަގުތެއްގައި ގުޅިވަޑައިގަތުމާ ގުޅިގެން ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ވިދާޅުވީ، ސިޔާސީ ގޮތުން މިހާރުއޮތް އެންމެ އުންމީދީ ފިކުރަކީ ޕީޕީއެމް ކަމަށާއި، އިތުރު ޕާޓީތަކެއް އުފައްދަމުންދާއިރުވެސް ސިޔާސީ ބޭފުޅުންގެ ޝައުޤުވެރިކަން ޕީޕީއެމަށް ހުރުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ އާ ސިޔާސީ ޕާޓީތައް އުފެދެމުންދާއިރު، ރުކުމާއާއި، މަލީޙް އަދި ލޯޔަރ ވައްޑެ ފަދަ ވަރުގަދަ ސިޔާސީ ބޭފުޅުން ޕީޕީއެމް، ޕީއެންސީ އާއި ގުޅިވަޑައިގަތުމުން ދޭހަވަނީ ރާއްޖޭގައި މިހާރުވެސް އޮތް އެންމެ އުންމީދީ ސިޔާސީ ފިކުރަކީ ޕީޕީއެމް ޕީއެންސީކަން ކަމަށެވެ.



ލޯޔަރު ވައްޑެއާއި، ކުރީގެ މިނިސްޓަރ މަލީޙާއި، ރުކުމާ އަޙްމަދު ޕީޕީއެމަށް ގުޅިވަޑައިގެންފައިވާއިރު، ރޭގެ ޙަފްލާގައި އެ ހުރިހާ ބޭފުޅުންވެސް ވިދާޅުވެފައިވަނީ މިހާރު ރައްޔިތުންނަށް އުންމީދެއް އޮތީ ޕީޕީއެމްގައި ކަމަށެވެ. އަދި ރައީސް ޔާމީން 2023 ގައި ވެރިކަމަށް ގެންނާނެ ކަމަށް ހުރިހާ ބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން