އަސްލު އެމްޑީޕީ މީހަކަށް ނުވިޔަސް ހެޔޮ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
2008 ވަނަ އަހަރު ރައީސް މައުމޫންގެ ޑީއާރުޕީގައި އިސްކޮށް އުޅުއްވި ރޮޒައިނާގެ އިޚްލާސްތެރިކަން އެމްޑީޕީއަށް އޮތް މިންވަރާ ގުޅޭގޮތުން މީސް މީޑިއާގައި އޭނާއަށް އަމާޒުކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރޮޒައިނާ ވިދާޅުވީ، "އަސްލު އެމްޑީޕީ" ވާގޮތް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، އޭގެ މީހަކަށް ނުވިޔަސް އެންމެ ރަނގަޅުކަމަށެވެ.
ރޮޒައިނާ ވިދާޅުވީ، 2008 ވަނަ އަހަރު ރައީސް މައުމޫންގެ އަރިހުގައި ޑީއާރުޕީގައި އުޅުއްވި ގިނަ ބޭފުޅުން އެމްޑީޕީގެ ބައެއް ޢާއްމު މެންބަރުންނަށް މިހާރު ވަރަށް ކަމުދާކަން އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް އެއްބަސްވާ ކޮންމެ މީހަކީ "އަސްލު އެމްޑީޕީ" މީހެއް ކަމަށާއި، ނަމަވެސް ރައީސް ނަޝީދު ކަމުނުދާ މީހުންނަކީ އަސްލު އެމްޑީޕީ މީހުންނަށް ނުވާ ކަމަށެވެ. އަދި މިއީ ޖޯކެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
"މީ ބޮޑު ޖޯކެއް. އަޅުގަނޑަށް މިހާރު ވަރަށް ސާފު ތި އަސްލު އެމްޑީޕީ ވާ ގޮތް. ހެޔޮ ތީގެ އަސްލަކަށް ނުވިޔަސް." ރޮޒައިނާ ވިދާޅުވިއެވެ.
މިފަހުން އެމްޑީޕީގެ ގިނަ ބައެއްގެ ފާޑުކިޔުން މެންބަރު ރޮޒައިނާއަށް އަމާޒުވީ، އެމްޑީޕީން ހަރުކަށި ފިކުރު ބޭނުން ކުރަމުން ގެންދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް ރޮޒައިނާ ވިދާޅުވުމާ ގުޅިގެންނެވެ. ރޮޒައިނާ ވިދާޅުވެފައި ވަނީ އެމްޑީޕީން ރައީސް މައުމޫންގެ ވެރިކަން ނިންމުމަށް ހަރުކަށި ފިކުރުގެ އެހީތެރިކަން ހޯދާފައިވާ ކަމަށެވެ.
ނަމަވެސް ރައީސް ޞާލިޙްގެ ސަރުކާރުން ޓެރަރިޒަމާ ދެކޮޅަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުން ދާކަމަށާއި، އެއީ އެއްވެސް ސަރުކާރެއްގައި ނުކުރާހާ ބުރަ މަސައްކަތްކަމަށް ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތާޢީދު ކުރަށްވާ ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.
"ޓެރަރިޒަމާއި ދެކޮޅަށް މިސަރުކާރުން މަސައްކަތް ނުކުރާކަމަށް ސިޔާސީ މަގްސަދުތަކަށްޓަކައި ބަޔަކު ބުނިނަމަވެސް، ވޭތުވެދިޔަ އެއްވެސް ވެރިކަމެއްގައި ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ނުކުރާ ވަރަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މިހާތަނަށް ވަނީ މަސައްކަތް ކޮށްފައި." ރޮޒައިނާ ވިދާޅުވެފައިވެއެވެ.
މެންބަރު ރޮޒައިނާ މިމޭރުމުން ވިދާޅުވެފައިވާއިރު، ރައީސް ސާލިހުގެ ސަރުކާރަކީ ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކަށް އެހީތެރިވާ ސަރުކާރެއްކަމަށް ދޭހަވާފަދަ ގޮތަކަށް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. އަދި ރާއްޖޭގައި އިންތިޚާބުތައް ކާމިޔާބު ކުރެވެނީ ހަރުކަށި މީހުންގެ އެހީގައި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

Eyru DRPga thibi varah gina meehun thibeyfulhunnah mihaaru varah kamudhey. RN vidhaalhuvaaha ehchakah aan ekey bunanya eothy aslu MDP vefa. Kiriya ves kamunugossiyya eothee DRP vefa. Mee bodu jokeh. Alhugandah mihaaru v saafu thi aslu MDP vaa goi. Heyo theege aslakah nuviyas 😂 https://t.co/ZE6OJpi03I
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) July 24, 2021
މިފަހުން އެމްޑީޕީގެ ގިނަ ބައެއްގެ ފާޑުކިޔުން މެންބަރު ރޮޒައިނާއަށް އަމާޒުވީ، އެމްޑީޕީން ހަރުކަށި ފިކުރު ބޭނުން ކުރަމުން ގެންދަނީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް ރޮޒައިނާ ވިދާޅުވުމާ ގުޅިގެންނެވެ. ރޮޒައިނާ ވިދާޅުވެފައި ވަނީ އެމްޑީޕީން ރައީސް މައުމޫންގެ ވެރިކަން ނިންމުމަށް ހަރުކަށި ފިކުރުގެ އެހީތެރިކަން ހޯދާފައިވާ ކަމަށެވެ.
ނަމަވެސް ރައީސް ޞާލިޙްގެ ސަރުކާރުން ޓެރަރިޒަމާ ދެކޮޅަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރަމުން ދާކަމަށާއި، އެއީ އެއްވެސް ސަރުކާރެއްގައި ނުކުރާހާ ބުރަ މަސައްކަތްކަމަށް ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ތާޢީދު ކުރަށްވާ ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.
"ޓެރަރިޒަމާއި ދެކޮޅަށް މިސަރުކާރުން މަސައްކަތް ނުކުރާކަމަށް ސިޔާސީ މަގްސަދުތަކަށްޓަކައި ބަޔަކު ބުނިނަމަވެސް، ވޭތުވެދިޔަ އެއްވެސް ވެރިކަމެއްގައި ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ނުކުރާ ވަރަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން މިހާތަނަށް ވަނީ މަސައްކަތް ކޮށްފައި." ރޮޒައިނާ ވިދާޅުވެފައިވެއެވެ.
Though some people, for political reasons, would like to imply that this govt is not tackling terrorism, so far, President @ibusolih’s govt has done and continues to do more work to tackle this problem than in any other presidency. https://t.co/g5h9yM9Q66
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) July 24, 2021
މެންބަރު ރޮޒައިނާ މިމޭރުމުން ވިދާޅުވެފައިވާއިރު، ރައީސް ސާލިހުގެ ސަރުކާރަކީ ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ފަރާތްތަކަށް އެހީތެރިވާ ސަރުކާރެއްކަމަށް ދޭހަވާފަދަ ގޮތަކަށް ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ގެންދަވަނީ ވާހަކަފުޅު ދައްކަވަމުންނެވެ. އަދި ރާއްޖޭގައި އިންތިޚާބުތައް ކާމިޔާބު ކުރެވެނީ ހަރުކަށި މީހުންގެ އެހީގައި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

EGY
AUT
IRQ
ކިޔުންތެރިންގެ ހިޔާލު