ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކޮށްފިއެވެ.
ޖޫން މަހުގެ ހަތްވަނަ ދުވަހު އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުވެވަޑައިގެންފައިވާ މިނިސްޓަރު ޝާހިދު އެމަގާމާއި ރަސްމީ ގޮތުން ހަވާލުވެވަޑައިގަންނަވާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.
ޝާހިދުގެ ސެކިއުރިޓީ ވަރުގަދަ ކުރި ސީދާ ސަބަބު އެނގިފައި ނުވާއިރު، ރާއްޖެއިން އިންޑިއާއާއި ދެމެދު ބާއްވަމުންދާ ގުޅުމާ ގުޅިގެން ބައެއް ފަރާތްތަކުގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފައެވެ. ރާއްޖޭގައި ދަޢުލަތުގެ އެންމެ އިސްވެރިންގެ ސެކިއުރިޓީ ބަލަަހައްޓަނީ އެމްއެންޑީއެފުންނެވެ.
މިކަމާ ގުޅޭގޮތުން އެމްއެންޑީއެފްގެ ފަރާތުން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު