އެފްއެސްއެމްގެ ތެޔޮ ބާޖު "މެކުނު" ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިފައި
އެފްއެސްއެމްގެ ތެޔޮ ބާޖު "މެކުނު" ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިފައި
ގިނަ އަދަދެއްގެ ތެލާއިއެކު ނޫމަރާ ނެރުމައްޗަށް ބާޖެއް އުރިއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސަލް ބަރުކޮށްގެން ދިޔަ އެފްއެސްއެމްގެ ތެޔޮ ބާޖު "މެކުނު" ނޫމަރާގެ ހުޅަނގު ފަރާތު ނެރުމައްޗަށް އުރިފައިވާ ކަމަށެވެ. އެ ބާޖުގައި ފަސް މީހުން ތިއްބެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ ބާޖު ފަރަށްއެރީ ފޯކައިދޫ އިން ނޭކުރެންދޫއަށް ދަތުރު ކުރަމުން ދަނިކޮށް ކަމުގައެވެ. އަދި ބާޖްގައި 10،0000 ލީޓަރު ޑީސެލް އާއި، 15،000 ލީޓަރުގެ ޕެޓްރޯލް ހުރިކަމަށެވެ. ނަމަވެސް މިހާތަނަށް އަދި އެއްވެސް ވަރަކަށް ބޯޑުގައި ހުރި ތެޔޮ ލީކުވެފައިނުވާކަމަށް އެމްއެންޑީއެފްއިން ބުނެއެވެ.



މިހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 06:59 ގައި ލިބުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޑްގާޑްގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް އެމްއެންޑީއެފް އިން މަޢުލޫމާތުދެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން