އަލުން އިގްތިސާދު ހިނގައިގަތުމަށް ވެކްސިން ޖެހުން ވަރަށް މުހިންމު ކަމަށް މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އަމީރު މީގެ ކުރިން ވިދާޅުވެފައިވަނީ، އިޤްތިސާދީ ކުރިއެރުމަށް މިހާރު އޮތް އެންމެ ބޮޑު ހުރަހަކީ، ކޮވިޑް ޕޮޒިޓިވްވާ ރޭޓް އިތުރުވެދާނެ ކަމުގެ ބިރު ކަމަށެވެ. އަދި ގިނަ ބަޔަކު ވެކްސިން ޖަހައިފިނަމަ މިހާރު އެޗްޕީއޭއިން ދީފައިވާ ލުއިތަކާއި އެއްގޮތަށް އިޤްތިސާދު އިޔާދަކޮށް އާރާސްތުކުރުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، ހުރިހާ ބޭފުޅުންވެސް އަވަހަށް ވެކްސިންޖެހުން ވަރަށް މުހިއްމު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެ ޓްވީޓް ރިޓްވީޓް ކުރައްވަމުން އަމީރު މިއަދު ވިދާޅުވީ މިހާރު ރާއްޖެއަށް ވަނީ މުޅިއާބާދީއަށް ޖެހޭނެވަރަށް ވެކްސިން ލިބިފައި ކަމަށާއި، މި ފުރުސަތުގެ ބޭނުން ހިފައި އިގްތިސާދު އަލުން ހިންގައިގަތުން ވަރަށް މުހިންމުކަމަށެވެ. އެހެންކަމުން ހުރިހާ ބޭފުޅުންވެސް ލަސްނުކޮށް ވެކްސިން ޖެހުމަށް މިނިސްޓަރ އަމީރު އިލްތިމާސް ކޮަށްފައިވެއެވެ.
މިނިސްޓަރ ވަނީ، ރާއްޖެއިން ކޯވިޑް ވެކްސިން ގަތުމަށް މިހާތަނަށް ކޮށްފައިވާ ކޮންޓްރެކްޓް ވެލިއު އަކީ ގާތްގަނޑަކަށް 4.5 މިލިއަން ޑޮލަރު ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން މިހާތަނަށް 2.6 މިލިއަން ޑޮލަރު ދައުލަތުން ވެކްސިނަށް ހޭދަކޮށްފައިވާކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
ސަރުކާރުން މިއަދު ވަނީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އަދި މި ކެމްޕޭންގެ އަމާޒަކީ މިފެށޭ އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ އެބަތިބި ކަމަށެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އަތޮޅު ތެރޭގައި އެސްޓްރާޒެނަކާގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހަން ފަށާފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 321،594 މީހަކު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. އަދި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވަނީ 263،067 މީހުންނެވެ.

އިރާދަކުރެއްވީތީ, މިހާރު ރާއްޖެއަށް ވަނީ މުޅީ އާބާދީއަށް ޖެހޭނެ މިންވަރަށް ވެކްސިން ލިބިފަ. މި ފުރުސަތުގެ ބޭނުން ހިފައި, އަލުން އިގްތިސާދު ހިންގައިގަތުން ވަރަށް މުހިއްމު. އަޅުގަނޑުގެ އިލްތިމާސަކީ އެންމެ ބޭފުޅުންވެސް އަވަހަށް ލަސްނުކުރައްވާ ވެކްސިން ޖެއްސެވުން. https://t.co/uVTPSv0cLK
— Ibrahim Ameer (@iameeru) July 31, 2021
މިނިސްޓަރ ވަނީ، ރާއްޖެއިން ކޯވިޑް ވެކްސިން ގަތުމަށް މިހާތަނަށް ކޮށްފައިވާ ކޮންޓްރެކްޓް ވެލިއު އަކީ ގާތްގަނޑަކަށް 4.5 މިލިއަން ޑޮލަރު ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރެއިން މިހާތަނަށް 2.6 މިލިއަން ޑޮލަރު ދައުލަތުން ވެކްސިނަށް ހޭދަކޮށްފައިވާކަމަށް ވެސް އަމީރު ވިދާޅުވިއެވެ.
ސަރުކާރުން މިއަދު ވަނީ ރާއްޖޭގެ މުޅި އާބާދީއަށް ވެކްސިން ޖެހުމުގެ ޤައުމީ ބޮޑު ކެމްޕެއިނެއް ފަށާފައެވެ. އަދި މި ކެމްޕޭންގެ އަމާޒަކީ މިފެށޭ އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް ވެކްސިން ޖެހުން ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ، ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 27 ޕަސެންޓް މީހުން ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ އެބަތިބި ކަމަށެވެ.
އެޗްޕީއޭއިން ބުނެފައިވަނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން އަތޮޅު ތެރޭގައި އެސްޓްރާޒެނަކާގެ ފުރަތަމަ ޑޯޒް އަދި ދެވަނަ ޑޯޒް ޖަހަން ފަށާފައިވާ ކަމަށެވެ. އަދި މިއަދުން ފެށިގެން މާލެ ސަރަހައްދުގެ ހަ ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށްގެންދާނެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.
ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ކެމްޕޭނުގެ ދަށުން މިހާތަނަށް 321،594 މީހަކު ރާއްޖޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ޖަހާފައެވެ. އަދި ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވަނީ 263،067 މީހުންނެވެ.
ކިޔުންތެރިންގެ ހިޔާލު