މިއަދު ހިނގި އެކްސިޑެންޓް
މިއަދު ހިނގި އެކްސިޑެންޓް
އައިޖީއެމްއެޗް ކައިރިން ބޭރު މަގުން ދުއްވާފައި ދިޔަ ކާރެއްގެ ކޮންޓްރޯލް ނުވެ، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ އައިޖީއެމްއެޗް ކެންޓީނު ކައިރިން ކާރެއް ރުކެއްގައި ޖެހި، އެކްސިޑެންޓް ހިނގިކަމުގެ ރިޕޯޓު ލިބުނީ މިއަދު ހެނދުނު 09:50 ހާއިރު ކަމަށެވެ. އަދި މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓުގައި ކާރަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

އެކްސިޑެންޓްވި ކާރު ދުއްވަން އިނީ 21 އަހަރުގެ ފިރިހެނެކެވެ. އޭނާ އަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް މީހެއް ނޫން ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ ތަޙުޤީޤު ކުރަމުންނެވެ. އަދި ފުލުހުން ވަނީ އެ ކާރު ޓޯ ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން