ޖޭއެސްސީން ޕީޖީއާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ: ޖޭއެސްސީ)
ޖޭއެސްސީން ޕީޖީއާ އެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން (ފޮޓޯ: ޖޭއެސްސީ)
ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އުއްމުކުލްސޫމްގެ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީން) ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ އޭދަފުށީ މެޖިސްޓްރޭޓް އުއްމުކުލްސޫމް އަބޫބަކުރުގެ ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް 2021 އޮގަސްޓް 08 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 58 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.



މެޖިސްޓްރޭޓް އުއްމުކުލްސޫމްގެ މައްސަލަ ބަލަން ނިންމީ ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅުނު ދެ މައްސަލައެއް އެ ކޯޓްގެ މެޖިސްޓްރޭޓް ބައްލަވަމުން ގެންދަވަނިކޮށް އެ މެޖިސްޓްރޭޓްގެ ކިބައިން އެ ދެ މައްސަލަ ވަކިކޮށް އެ ދެ މައްސަލަ ބެލުމާއި އޭދަފުށި މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އުންމުކުލްސޫމް އަބޫބަކުރު ހަވާލުވުމުގައި ފަނޑިޔާރުންގެ ސުލޫކަށް އަސަރުކޮށްފާނެ ފަދަ ކަންތައްތަކެއް ހިނގާފައިވާކަމަށް ބެލެވިގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން