ސ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްގެ ސުލޫކީ މައްސަލައެއް ތަޙްޤީޤްކުރަމުން ގެންދާކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ޖޭއެސްސީން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ސ.ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުޙައްމަދު ހާޝިމް ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކެއްގެ ޚަސްމަކާ ބައްދަލުކުރިކަމަށް ބުނާ މައްސަލައެއް ތަޙްޤީޤުކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެ މައްސަލަ ބެލުމަށްޓަކައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައިވާތީ، 2021 ސެޕްޓެންބަރު 01 ވަނަ ދުވަހު ބޭއްވި މި ކޮމިޝަނުގެ މިއަހަރުގެ 66 ވަނަ ޖަލްސާގައި މި މައްސަލަ ތަޙްޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީ އެކުލަވާލެވިފައިވާ ކަމަށް ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.
ޖޭއެސްސީން ދަނީ ފަނޑިޔާރުންނާމެދު ތުހުމަތު ކުރެވޭ މައްސަލަތައް ތަޙްޤީޤުކޮށް އެފަދަ ބައެއް މައްސަލަތަކުގައި ފަނޑިޔާރުންނަށް ފިޔަވަޅު އަޅުއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު