ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާ އެކު މަޝްވަރާ ކުރުމުގެ އެއްވެސް ޝައުޤެއްނެތް ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ، އެއްވެސް ބަޔަކާ އެކީގައި ސިޔާސީ މަޝްވަރާއެއް ކުރެވޭނީ ސިޔާސީ އެއްފިކުރަކަށް އައިސްގެން ކަމަށާއި، ނަމަވެސް ޕީޕީއެމްގެ ޚާރިޖީ ސިޔާސަތު ހުރީ މަޝްވަރާ ކުރެވޭފަދަ ގޮތަކަށް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ ގޮތުން ގުޅިގެން މަސައްކަތްކުރާ ނަމަ ދީނީ ގޮތުން ހައްދު ފަހަނައަޅާ ދިއުމާއި ހަރުކަށި ވިސްނުންތަކާ ދެކޮޅު ހަދާބަޔަކަށް ވާން ޖެހޭނެ ކަން ރައީސް ނަޝީދު ފާހަަގަކުރެއްވިއެވެ.
މީގެ ކުރިން ރައީސް ނަޝީދު ވަނީ، އިދިކޮޅު ޕީޕީއެމްގެ ރައީސް ޢަބްދުﷲ ޔާމީނާއެކު ނިޒާމީ ވޯޓުގެ މައްސަލާގައި މަޝްވަރާ ކުރުމަށް ބޭނުންފުޅުވާކަން ހާމަކުރަށްވާފައެވެ. ނަމަވެސް އޭރުވެސް ޕީޕީއެމުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އަދުރޭ ވިދާޅުވީ، ރައީސް ނަޝީދާއެކު އެއްވެސްކަމެއްގައި މަޝްވަރާ ކުރުމުގެ ޝައުގުވެރިކަމެއް އަދި މަޝްވަރާކުރަންޖެހޭ ސަބަބެއްވެސް ޕީ.ޕީ.އެމްގެ ނެތް ކަމަށެވެ.
ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވީ، އެއްވެސް އިރެއްގައި ރައީސް ޔާމީނަށް ދެރައެއް ނެދޭނެ ކަމަށާއި އުންމީދަކީ ރާއްޖޭގައި ބޭއްވޭ ކޮންމެ އިންތިހާބެއްގައި ވެސް ހުރިހާ ސިޔާސީ ވެރިންނަށް ބައިވެރި ވެވޭ ގޮތަކަށް ކުރިއަށް ދިއުން ކަމަށެވެ. އަދި ޕީޕީއެމާއި އެމްޑީޕީ ގުޅިގެން ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނެވޭނެ ކަމަށްވެސް ރައީސް ނަޝީދު އޭރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު