ބަރުލަމާނީ ކެމްޕޭންގައި ބޭނުންކުރި ޕިކަޕް ހުއްޓުވައި ގެއްލުންދީފި ކަމަށް އެ ޙަރަކާތް ހިންގެވުމުގައި އިސްކޮށް ޙަރަކާތްތެރިވާ ޤާނޫނީ ވަކީލް އަލްއުސްތާޛު މުޙައްމަދު ނިޝާން ވިދާޅުވެއްޖެއެވެ.
ނިޝާން މިރޭ ވިދާޅުވީ، ބަރުލަމާނީ ނިޒާމަށް ތާޢީދު ހޯދުމަށް ސޮއިކުރަމުންދާ ޕެޓިޝަންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ ބާއްވާ ޙަފްލާއަށް ޙާޟިރުވުމަށް ގޮވަމުން ދިޔަ ޕިކަޕް ހުއްޓުވައި، ސައުންޑް ސިސްޓަމަށް ގެއްލުން ދީފައިވާ ކަމަށެވެ.
އަދި މިއީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ލިބިދީފައިވާ މިނިވަންކަމަށް އަރައިގަތުން ކަމަށާއި، މި މައްސަލަ ރަސްމީކޮށް ކަމާބެހޭ އިދާރާތަކަށް ހުށައަޅުއްވާނެ ކަމަށް ނިޝާން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ބާރު އެޅުމަށްޓަކައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްނަންގަވައިގެން ހަދާ ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތަކީ އެމްޑީޕީން ކުރާކަމެއް ނޫންކަމަށާއި އެކަން ކުރަނީ އަމިއްލަ ޖަމާއަތަކާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ބަރުލަމާނީ ޕެޓިޝަންގައި ވީހާ ވެސް ގިނަ ބަޔަކު ސޮއިކުރަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވާފައެވެ. އަދި މިހާތަނަށް އެ ޕެޓިޝަންގައި ބައިލައްކަ މީހުން ސޮއިކޮށްފައިވާ ކަމަށް އެ ޙަރަކާތުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ވަނީ ބުނެފައެވެ.

މިރޭ ބާއްވަން ހަމަޖެހިފައިވާ ބަރުލަމާނީ ކެންޕެއިން އިއުލާންކުރުމަަށް މާލެތެރޭގައި ދުއްވަމުން ދިޔަ ޕިކަލް ހުއްޓުވާ އިންޖީނު ނިއްވާލާ އަޅުގަނޑުމެންގެ މަސައްކަތަށް ހުރަސް އެޅިއެޅުން ކުށްވެރިކުރަން.މިއީ ސުލްހަވެރި ސިޔާސީ ހަރަކާތް ހިންގުމަށް ލިބިދީފައިވާ މިނިވަންކަމަށް އަރައިގަތުން pic.twitter.com/k4VzvuErTS
— Mohamed Nishan Ibrahim (@MohNishan) September 9, 2021
ރާއްޖޭގެ ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ބާރު އެޅުމަށްޓަކައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިސްނަންގަވައިގެން ހަދާ ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތަކީ އެމްޑީޕީން ކުރާކަމެއް ނޫންކަމަށާއި އެކަން ކުރަނީ އަމިއްލަ ޖަމާއަތަކާއި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ބަރުލަމާނީ ޕެޓިޝަންގައި ވީހާ ވެސް ގިނަ ބަޔަކު ސޮއިކުރަން އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ގޮވާލައްވާފައެވެ. އަދި މިހާތަނަށް އެ ޕެޓިޝަންގައި ބައިލައްކަ މީހުން ސޮއިކޮށްފައިވާ ކަމަށް އެ ޙަރަކާތުގައި އިސްކޮށް އުޅުއްވާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު