އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި މުޒާހަރާގައި ބައިވެރިވެ ވަޑައިގެންފައިވާތީ، ރައީސް ޔާމީނަށް ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.
"އިންސާފު ހޯދަން"ގެ ޝިޢާރުގެ ދަށުން އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށްގެންދާ އިހުތިޖާޖްގައި ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފައި ވަނީ އެމަނިކުފާނު ބަންދުގައި ހުންނެވި ހ. ދޫވެހީގެ ކުޑަދޮރަކުން ބޭރަށް ޤައުމީ ދިދައާއި ޕީޕީއެމްގެ ދިދައެއް ވައިގެ ތެރޭގައި ވިހުރުވާލައްވަމުންނެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ގެކޮޅުގެ ކުރިމަތީގައި އިޙްތިޖާޖު ކުރަށްވަމުން ގެންދެވި ޕީޕީއެމްގެ މެންބަރުންނަށް ހިތްވަރު ދެއްވުމުގެ އިޝާރާތް ކުރަށްވާފައެވެ.
އެކަމާ ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ބަލާ، ފިޔަވަޅު އަޅާނެ ކަމަށް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވިއެވެ.
ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައި ނަމަވެސް އެމަނިކުފާނު ގެންދަވަނީ 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަށްވަމުންނެވެ. އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްފައިވަނީ، މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. ރައީސް ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރީ ކ. މާފުށީ ޖަލުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ، އެމަނިކުފާނަކީ ހައިރިސްކް ބޭފުޅަކަށް ވާތީ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
މީގެ ކުރިން، މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ހުކުމް ތަންފީޒް ކުރުމަށް ގޭބަންދުގައި ހުންނެވިއިރު އޭނާވެސް ވަނީ ގޭގެ ބެލްކަނީގައި ހުންނަވައިގެން ޢީދު ފެން ކުޅުއްވާފައެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭ ބަންދުކޮށްފައިވާ އިޤްރާރާ ޚިލާފަށް. އެހެންކަމުން މި މައްސަލަ ބަލާ، ފިޔަވަޅު އަޅާނަން.
— Ahmed Mohamed (@ahumadhumohamed) September 10, 2021
ރައީސް ޔާމީން މިވަގުތު ހުންނެވީ ގޭބަންދުގައި ނަމަވެސް އެމަނިކުފާނު ގެންދަވަނީ 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަށްވަމުންނެވެ. އެމަނިކުފާނު ގޭބަންދަށް ބަދަލުކޮށްފައިވަނީ، މިދިޔަ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. ރައީސް ޔާމީން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކުރީ ކ. މާފުށީ ޖަލުގައި ހަލުވިކަމާއެކު ކޯވިޑް-19 ފެތުރެމުންދާތީ، އެމަނިކުފާނަކީ ހައިރިސްކް ބޭފުޅަކަށް ވާތީ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
މީގެ ކުރިން، މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ހުކުމް ތަންފީޒް ކުރުމަށް ގޭބަންދުގައި ހުންނެވިއިރު އޭނާވެސް ވަނީ ގޭގެ ބެލްކަނީގައި ހުންނަވައިގެން ޢީދު ފެން ކުޅުއްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު