މި ސަރުކާރުން ކަރުގައި ޚަންޖަރު ޖައްސައި އަނިޔާކޮށްފި ކަމަށާއި، އެހެންކަމުން ދެން އުޅުއްވާނީ މަގުމަތީގައި ކަމަށް ކުރީގެ ނާއިބުރައީސް ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި އެއްވުމުގައި ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ކުރީގެ ނާއިބު ރައީސް ޢަބްދުﷲ ޖިހާދު ވިދާޅުވީ، މިއަދުގެ މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވުމަށް އެމަނިކުފާނަށް ދަޢުވަތު ދެއްވީ ރައީސް ޞާލިޙް ކަމަށެވެ. އެގޮތުން މި ސަރުކާރުން އެމަނިކުފާނަށް ވަރަށް އަނިޔާކޮށްފި ކަމަށާއި، އިޙްސާސް ކުރެވެނީ ކަރުގައި ޚަންޖަރެއް ޖެއްސުމުން ކުރެވޭ ފަދަ އިޙްސާސެއް ކަމަށް ޖިހާދު ވިދާޅުވިއެވެ.
އިޙްތިޖާޖުގައި ވާހަކަފުޅު ދައްކަވަމުން ޖިހާދު ވިދާޅުވީ، މި ސަރުކާރުން ވަރަށް ބޮޑަށް އަނިޔާލިބިއްޖެ ކަމަށާއި، އެހެންކަމުން ދެން އެމަނިކުފާނު ހުންނަވާނީ މަގުމަތީގައި ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށްވެސް ޖިހާދު ވިދާޅުވިއެވެ.
"ދެން އަޅުގަނޑު ފެންނާނީ މަގުމަތިން. މަގުމަތިން އިންސާފު ހޯދަން ނުކުންނަންޖެހޭ ހާލަތަށް މިހާރު ގޮސްފި." މިއަދުގެ އިޙްތިޖާޖުގައި ޖިހާދު ވިދާޅުވިއެވެ.
މި ވެރިކަމުގައި 10 ފަހަރު ކޯޓަށް ގެންގޮސް ތާކުންތާކު ނުޖެހޭ ކަމެއްގައި އެމަނިކުފާނުގެ ޝަޚްސު ކަތިލައިފި ކަމަށް ޖިހާދު ސިފަކުރެއްވިއެވެ. އަދި ދަރިންނާއި ބައްދަލުކުރުމުގެ ފުރުސަތާއި، ބޭސް ފަރުވާގެ ޙައްޤުވެސް ނިގުޅައިގެންފައިވާ ކަމަށް ޖިހާދު ތުހުމަތު ކުރެއްވިއެވެ.
ކ. ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން، އޭރުގެ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރެޜަރީގެ މަގާމުގައި ހުންނެވި ޢަބްދުالله ޖިހާދުގެ މައްޗަށް ދައުވާ ކުރަނީ ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގެގެ ދަށުން ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުމުގެ ކުށުގައެވެ.
ޕީޖީން ބުނެފައިވާ ގޮތުން ޖިހާދުގެ މި ޢަމަލުގެ ސަބަބުން ރައްޔިތުންނަށާއި ދައުލަތަށް ލިބެންއޮތް ފައިދާއިން، ހަމައެކަނި ބިމު ކުލީގެ ގޮތުގައިވެސް 750,713,604 އެމެރިކާ ޑޮލަރު އުނިވެފައި ވާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު