ޕީޕީއެމުން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން
ޕީޕީއެމުން މިއަދު ބޭއްވި މުޒާހަރާގެ ތެރެއިން
ގޭގެ ކުޑަދޮރުން ބޭރަށް ބޯ ދިއްކޮށްލެއްވުމަކީ ޤާނޫނީ ގޮތުން މަނާ ކަމެއް ނޫން ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ސަރުކާރަށް ރައްދުދީފިއެވެ.

ރައީސް ޔާމީނާމެދު ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރު ކަރެކްޝަންސް އިން މިރޭ ދިނުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ގޭބަންދުގައި ހުންނަވާ ބޭފުޅަކަށް ގޭންބޭރަށް ބޯދިއްކޮށްލުމަކީ މަނާކަމެއް ކަމުގައި އެއްވެސް ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ނުވަތަ އުސޫލެއްގައިވެސް ބުނެފައިނުވާ ކަމަށެވެ. އަދި އެއީ ނުކުރެއްވޭ ކަމެއް ކަމަށް އެމަނިކުފާނާއި ދައުލަތާ ދެމެދުގައި ހަދާފައިވާ އެއްވެސް އެއްބަސްވުމެއްގައި ނޯންނާނެ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.

އިދިކޮޅުން ބުނީ، ސަރުކާރުގެ އިންސާފެއް ނެތުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރުމަށް ރައްޔިތުން ހިންގާ ސިޔާސީ ޙަރަކާތްތައް ޙަޖަމު ނުވުމަކީ އެކަމުގެ އަދަބު ރައީސް ޔާމީނަށް ދޭންޖެހޭ ކަމެއް ނޫން ކަމަށެވެ.

"އިންސާފު ހޯދަން"ގެ ޝިޢާރުގެ ދަށުން އިދިކޮޅު ކޯލިޝަނުން މިއަދު ކުރިއަށްގެންދާ އިހުތިޖާޖްގައި ރައީސް ޢަބްދުﷲ ޔާމީން ބައިވެރިވެވަޑައިގެންފައި ވަނީ އެމަނިކުފާނު ބަންދުގައި ހުންނެވި ހ. ދޫވެހީގެ ކުޑަދޮރަކުން ބޭރަށް ޤައުމީ ދިދައާއި ޕީޕީއެމްގެ ދިދައެއް ވައިގެ ތެރޭގައި ވިހުރުވާލައްވަމުންނެވެ. ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ގެކޮޅުގެ ކުރިމަތީގައި އިޙްތިޖާޖު ކުރަށްވަމުން ގެންދެވި ޕީޕީއެމްގެ މެންބަރުންނަށް ހިތްވަރު ދެއްވުމުގެ އިޝާރާތް ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު