ޝަރުތެއް ކޮށްފިނަމަ އެކަމަށް އިޙްތިރާމް ކުރުމަކީ މުސްލިމުންގެ ސިފައެއް ކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަލީ ޒައިދު މި މޭރުމުން ވިދާޅުވެފައިވަނީ، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިއަދު ޢަމަލުކުރެއްވީ ގޭބަންދަށް ބަދަލުކުރުމަށް ވެފައިވާ އިޤްރާރާ ޚިލާފަށް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިރޭ ވިދާޅުވެފައި ވާތީކަމަށް ބެލެވެ އެވެ.
ޝައިޚް ޒައިދު ވިދާޅުވީ، މުސްލިމުންނަކީ އެބައިމީހުންގެ ޝަރުތުތަކުގެ މަތީގައި ދެމިތިބޭ ބައެއް ކަމަށް ނަބަވީ އިރުޝާދުން އެނގޭ ކަމަށެވެ. އަދި ޝަރުތެއް ކޮށްފިނަމަ އެއަށް އިޙްތިރާމް ކުރުމަކީ މުސްލިމުންގެ ވަރަށް މާތް ސިފައެއް ކަމަށް ޒައިދު ވިދާޅުވިއެވެ.
ޒައިދު އިތުރަށް ވިދާޅުވީ، ޤައުމު އިސްލާޙުވާނީ ޕާޓީއަށް ހުންނަ ފޯރި ދީނަށްވެސް ހުރެގެން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޢާއްމު ޙާލަތަކީ އެއީ ނޫން ކަމަށް ޒައިދު ވިދާޅުވިއެވެ.
"ދީން މަގުދައްކަނީ ދެދުނިޔޭގެ ހެޔޮ ކަމަށް. މީ ވަކި ޕާޓީއަކަށް ބުނިބަހެއް ނޫން." ޒައިދު ވިދާޅުވިއެވެ.

Muslimunnaky ebaimeehun ge sharuthu thakuge matheegai dhemi thibeyne baeh kamah nabavee irshaad in egen eba oi! Sharutheh kohfi nama eah ihuthiraam kurumaky muslimun ge v maai sifa eh!
— Ali Zaid (@alizaid1000) September 10, 2021
ޒައިދު އިތުރަށް ވިދާޅުވީ، ޤައުމު އިސްލާޙުވާނީ ޕާޓީއަށް ހުންނަ ފޯރި ދީނަށްވެސް ހުރެގެން ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޢާއްމު ޙާލަތަކީ އެއީ ނޫން ކަމަށް ޒައިދު ވިދާޅުވިއެވެ.
"ދީން މަގުދައްކަނީ ދެދުނިޔޭގެ ހެޔޮ ކަމަށް. މީ ވަކި ޕާޓީއަކަށް ބުނިބަހެއް ނޫން." ޒައިދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު