ލީކުވެފައިވާ އޯޑިއޯތަކުގައި އަޑު އިވޭ ކަމަށް ބުނާ ތިން ފަނޑިޔާރުން
ލީކުވެފައިވާ އޯޑިއޯތަކުގައި އަޑު އިވޭ ކަމަށް ބުނާ ތިން ފަނޑިޔާރުން
މިހާރު ލީކުވެފައިވާ ފަނޑިޔާރުންގެ އޯޑިއޯ ތަކަކީ ސައްޙަ އޯޑިއޯތަކެއް ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ޙިސާން ޙުސެއިން ވިދާޅުވެފައި ވާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އޮންލައިން ފޯރަމެއްގައި ވާހަކަ ދައްކަވަމުން މެންބަރު ޝިޔާމް ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީޢަތާ ގުޅޭގޮތުން ފަނޑިޔާރުން ދެއްކެވި ކަމަށްބުނާ ވާހަކަތަކުގެ ސައްޙަކަން ޙިސާން ކަށަވަރުކޮށްދެއްވި ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ހިންގާފައިވަނީ ސިޔާސީ ނުފޫޒު ފޯރުވައިގެން ހިންގާފައިވާ ޝަރީޢަތެއް ކަމަށާއި، އެ މައްސަލާގައި ޙުކުމް ކުރެއްވި ފަނޑިޔާރަށް ޑަބަލް ޕްރޮމޯޝަން ލިބުމަކީ އެކަމުގެ ހެއްކެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމިނަށް ހުކުމް އިއްވި ތިން ފަނޑިޔާރުންގެ އޯޑިއޯތަކެއް ލީކުވެފައިވާއިރު މިހާރު ދައުރުވަމުން އަންނަ އޯޑިއޯތަކުން އިވިގެން ދަނީ ރައީސް ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަސް ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރެއްގެ އަޑުކަން ކަށަވަރުވާ ކަމަށް ހައި ކޯޓުގައި އޭރު އިސް ފަނޑިޔާރަކަށް ހުންނެވި ޝުޖާއު އުސްމާން ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް އެ ފަނޑިޔާރުން މީގެ ކުރިން ވަނީ އެކަން ދޮގުކުރަށްވާފައެވެ.

ރައީސް ޔާމީނަށް ހުކުމް ކޮށްފައިވަނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރުގެ ނުފޫޒު އޮވެގެން ކަމަށް ބައެއް ފަނޑިޔާރުން ވިދާޅުވެފައި ވާއިރު އެމައްސަލައިގައި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާކަން ބައެއް ފަނޑިޔާރުން ވަނީ ވަރަށް ފާޅުކަން ބޮޑުގޮތެއްގައި ވިދާޅުވެފައެވެ. އެހެން ނަމަވެސް އަލީ ޒާހިރު ވެސް ވަނީ އެކަން ދޮގުކުރައްވާފައެެވެ.



ކިޔުންތެރިންގެ ހިޔާލު