ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
ރައީސް ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އިރު އޭނާގެ ކަނާތް ހުރީ ބަނދެފައި ކަމަށް ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޢުމަރު ނަސީރު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ޚިދުމަތް ކުރެއްވުމަށް އޭނާއަށް ލިބިވަޑައިގެންނެވީ ދެއަހަރު ކަމަށާއި، އެ ދެއަހަރުގެ ތެރޭގައި ޚިދުމަތް ކުރެއްވީ ވަރަށް ބޮޑެތި ފިއްތުން ތަކެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި އޭނާގެ ކަނާތް ހުރީ ބަނދެފައި ކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.

ކަނާތް ބަނދެފައި ހުރި ގޮތުގެ މާބޮޑު ތަފްސީލެއް ނުދެއްވައި ޢުމަރު ވިދާޅުވީ، ރައްޔިތުން ދެހާސްތޭވީހުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އޭނާ އިންތިޚާބު ކޮށްދެއްވަންވީ، އެ ފިއްތުމުގައިވެސް އޭނާ ކުރެއްވި ޚިދުމަތް އެހެން އެއްވެސް ހޯމް މިނިސްޓަރަކަށް މިވީހާތަނަށް ކޮށްދެއްވިފައި ނެތުމުން ކަމަށެވެ.

"ދެ އަހަރު އެކަނި އަޅުގަނޑަށް ދައުލަތުގައި ހިދުމަތްކުރަން ލިބުނީ، އެވެސް ރައީސުލްޖުމްހޫރއްިޔާއެއްގެ ދަށުގައި، ކަނާތް ބަނދެފައި ހުއްޓާ. އެހެންވީމާ އަޅުގަނޑުގެ ދެ އަތް މޮހެލާފައި، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ފަސް އަހަރު ދުވަހުގެ ދައުރެއް އަދާކޮށްފިއްޔާ ހަމަ ޔަގީންކަމާއެކު މި ދަންނަވަނީ ދިވެހިރާއްޖެ ހަމަ އެއްކޮށް ބަދަލުވާނެ." ޢުމަރު ނަސީރު ވިދާޅުވެފައިވެއެވެ.

ޢުމަރު ވަނީ ރައީސް ޔާމީނަށް އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ނުކެރުނު ނަމަވެސް އޭނާއަށް އެކަން ކުރަށްވަން ކެރިވަޑައިގަންނަވާނެ ކަމަށްވެސް ވިދާޅުވެފައެވެ. އޭގެ އިތުރުން ޢުމަރު ވަނީ ދިވެހި ޤައުމު އަނބުރާ ދިވެހިންނަށް ހޯދާދިނުމުގެ މަތިވެރި ޒިންމާ 2023 ވަނަ އަހަރު، ދިވެހި ރައްޔިތުން އޭނާއާއި ހަވާލު ކުރަށްވައިފިނަމަ، އިންޑިއާގެ ސިފައިން ތިބިތިބުމަށް ނިމުމެއް ގެންނާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ފުރުސަތެއް ލިބިވަޑައިގެންފިނަމަ ދިވެހިންގެ މިނިވަންކަމާ އަމިއްލަ ވަންތަކަން ކަށަވަރު ކުރާނެ ކަމަށްވެސް ޢުމަރު މިއަދު ވިދާޅުވިއެވެ.

ޢުމަރުގެ ހޯމް މިނިސްޓަރުކަމުގައި އޭނާ ވަނީ ފުލުހުންގެ ޑްރަގް އޮޕަރޭޝަންތަކުގައި ބޭނުންކުރާ "ޑޯގް ސްކޮޑް" ރާއްޖެ ގެނަސް، ކުށްވެރިންގެ ފައިގައި ޓެކް އެޅުވުން ފަދަ މުހިއްމު މަސައްކަތްތަކެއް ކުރަށްވާފައެވެ. މީގެއިތުރުން ރާއްޖޭގައި މަރުގެ ހުކުމް ގާއިމު ކުރަން ފެށުމަށްޓަކާ ކުރަންޖެހޭ ތައްޔާރީތައްވެސް އުމަރުގެ ހޯމް މިނިސްޓަރު ކަމުގައި ކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު


-13

ހަސަނާ

19-Sep-2021

މިއިންކޮންމެޅާއަކުވެސް އަމިއްލައެދުމުން ފޯވެގެން މިތެޅިބާލަނީ ވެރިކަންހޯދަންވެގެން ދެއަހަރު ހޯމްމިނިޝްޓަރުކަން ކުރިއިރު ކޮންކަމެއްކުރެވިފާހުރީ މީނަ މިބުނާގޮތަށް ކަނާއަތް ބަދެފާހުރުމުން ރައްޔަތުން ނަށްކަންތަކެއް ކޮއް ނުދެވުނީމާ ކީއްތަވީ އިސްތިއުފާދީފައި ނުބުނީ ޔާމީނު ޔާމީނު ީީތިމަންނާގެ އަތް ބަދެފިއޭ މިހާރު ވެރިކަންހޯދަން ރޯބުހުތާން ދޮގުހެދީމާ ކާކުގަބޫލުކުރާނީ ލައްޓިބުރ


-2

ޢަލީއާދަމް

12-Sep-2021

އެއްއަތްބަނީމަ އެކަންއޭރު ގަބޫލުކޮށްގެން މަގާމުގަ ހުރެފަ މިހާރު ކޮނަވާހަކައެއް? ތއިއުތިރާފުވީ ޒިންމާނަގަން ނުކެރުނުކަމަށް.


8

ހައްސާނު

12-Sep-2021

ކަނައަތްބަދެފަހުރެއެމަގާމުއަދާކުރެއްވީކީއްވެގެން ތޯ؟އެދުވަހުއެވާހަކަނުދައްމިއަދުއެވާކަދައްކަނީ ކޮންކަމެއްހާސިލުކުރައްވަންތޯ؟