ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން އެމްއެންޕީ އުފެއްދެވުމުގެ މަސައްކަތް ކުރަށްވަމުން ގެންދަވާ ބޭފުޅުންނަކީ ޖޭޕީ ތެރޭގައި ސިއްރު އެޖެންޑާއެއް ގެންގުޅުނު ބައެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިލްހާމް އަޙްމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް މިމޭރުމުން ވިދާޅުވެފައި ވަނީ، މިދިޔަ ދެ އަހަރު ޖުމްހޫރީ ޕާޓީ އޮތީ ސިޔާސީ އެއްވެސް މަސައްކަތެއް ނެތި "ނިދާފައި" ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެއް ފައުންޑަރ، އަދި ޖޭޕީގެ ކުރީގެ މެންބަރު ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވަމުންނެވެ.
އިލްހާމް ވިދާޅުވީ، ކޯވިޑާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ގިނަ ހަރަކާތްތައް މަޑުޖައްސާލިކަން ހުރިހާ ބޭފުޅުންނަށް އެގިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެކަން ރައްޔިތުންނާ ވެސް ހިއްސާކޮށްފައި ވާނެ ކަމަށް އިލްހާމް ވިދާޅުވިއެވެ. ނާޒިމްމެންގެ މަޤްސަދަކީ އެހެން ކަމެއް ކަމަށާއި، ސިއްރުން ކުރަންއުޅުނު ކަންތައްތަކެއް ފަޅާއެރީކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.
"ސިއްރުން ކުރައްވަން އުޅުއްވި ކަންތަކަށް ޖޭޕީ ތެރެއިން ނުކުރެވުނީ ނޫންތޯ. ރޭވި ރޭވުންތައް ފަޅާ އެރީ ނޫންތޯ." އިލްހާމް ވިދާޅުވެފައިވެއެވެ.
އެމްއެންޕީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދަނގެތީ ދާއިރާގެ މެންބަރުކަންވެސް ކުރަށްވާ، ނާޒިމް ވިދާޅުވީ، އެމްއެންޕީއަކީ ހުރިހާ ފިކުރެއްގެ މީހުންނަށްވެސް ހުޅުވިފައި އޮތް ޕްލެޓްފޯމެއް ކަމަށެވެ. އަދި 2023 ގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނީ އެޕާޓީން ކަމަށް ނާޒިމް ވިދާޅުވިއެވެ.
އޭގެއިތުރުން އެމްއެންޕީ އަކީ ވަކި މީހެއްގެ ވަށައިގެން އެނބުރޭނެ ޕާޓީއެއް ނޫންކަމަށާއި، އެޕާޓީގެ ލީޑަރޝިޕްގައި ގިނަވެގެން ހުރެވޭނީ ދެ ދައުރަށް ކަމަށް ނާޒިމް ވިދާޅުވިއެވެ. ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއެންޕީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނުން ޖުލައި މަހުގެ 15 ވަނަ ދުވަހު ހުއްދަ ދީފައިވަނީ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމަށެވެ. އުޝާމަކީ ނާޒިމާއި އާއިލީގުޅުން އޮންނަ ބޭފުޅެކެވެ. ދެން އެޕާޓީގައި އިސްކޮށް އުޅުއްވަނީ ނާޒިމްގެ ގާތް އެކުވެރިންނެވެ. ނާޒިމް ވިދާޅުވަނީ އެޕާޓީން މިހާރު ވަނީ ޕާޓީ އުފެއްދުމަށް ބޭނުންވާ ޢަދަދަށް ސޮއި ހަމަކޮށްފައި ކަމަށެވެ.
ޕާޓީ އަދި ރަސްމީކޮށް އުފަން ނުވަނީސް އެޕާޓީން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައިވެސް ވާދަކުރާނެކަން އިޢުލާން ކޮށްފައެވެ. ރައީސް ޔާމިންގެ ވެރިކަމުގައި މަގާމުން ވަކި ކުރުމުން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބޭނުންވަނީ އޭރު ހުންނެވި މަގާމަށްވުރެ ވެސް މައްޗަށް ވަޑައިގަންނަވާން ކަމަށް ވިދާޅުވެ ވާހަކަ ދެއްކެވުމުން އޭރުވެސް ނާޒިމް ގެންގުޅުއްވީ ވެރިކަމަށް ވަޑައިގެންނެވުމުގެ ވިސްނުން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު