ރާއްޖެއިން ބޭރަށް އަމިއްލައަށް ފުރީ ނޫން ކަމަށާއި، އޭނާ ބޭރަށް ފުރުވާލީ ކަމަށް ވިދާޅުވެ މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވިގެން ތަހުގީގުކޮށް ދަޢުވާ އުފުލާފައިވާ ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދު މިއަދު ވެސް ތަފާތު ވާހަކަ ތަކެއް ދައްކަވައިފިއެވެ.
މިފަހަކަށް އައިސް ވަރަށް ތަފާތު ވާހަކަތަކެއް އާންމުކުރަށްވަމުން ގެންދަވާ ޢަލީ ވަޙީދު މިއަދު ވިދާޅުވީ، އޭނާ ރާއްޖެއިން ބޭރަށް ފުރީ ކްރިމިނަލް ކޯޓުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ރުހުން ލިބިގެން ކަމަށާއި، ކްރިމިނަލް ކޯޓުގެ ޝަރީޢަތުގެ އޯޑިއޯރިކޯޑިންގ އިން އެކަން ކަށަވަރު ކުރެވޭނެ ކަމަށެވެ. އަދި އޭނާ އަމިއްލައަށް ފުރީ ނޫންކަމަށާއި އޭނާ "ފުރުވާލީ" ކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.
"އާ ޕާސްޕޯޓެއް ހަދާ ފުރަން މަޖުބޫރު ކުރުވީ އެރެއިން އެރެއަށް." ޢަލީ ވަޙީދު ވިދާޅުވެފައިވެއެވެ.
ޢަލީ ވަޙީދު ވިދާޅުވީ، ޖޭ.އެސް.ސީ ހިސޯރުކޮށްގެން ދެން މަސައްކަތްފެށީ ފަނޑިޔާރު ހަވަރަށްދީ ހަރާމް ހުކުމެއް ކުރުވަން ކަމަށެވެ.
ވަޒީރު ކަމުގައި މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ގިނަ ދައުވާ ތަކެއް އުފުލާފައި ވަނިކޮށް އިނގިރޭސި ވިލާތަށް ވަޑައިގެން އުޅުއްވާ އަލީ ވަހީދު މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ހައިކޯޓުގެ ހުކުމުން އޭނާއާއި ދޭތެރޭ ދަޢުލަތުން (ޕީޖީ) ވެފައިވާ އިހުމާލު ދަލީލުކޮށްދޭ ކަމަށެވެ. އަދި ޕީޖީ ޝަމީމް ފޮތް ނުކިޔާކަން ޔަޤީންވެއްޖެ ކަމަށާއި، ކަމަކަށް ކަމެއް ކުރާ މީހަކު ލައިގެން ދަޢުލަތް ހަރާބު ވެއްޖެ ކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.
އަދި ޕީޖީ ޝަމީމްގެ މައްސަލަ ބަލާ އޭނާ ވަކިކުރަންޖެހޭ ކަމަށާއި، ޕީޖީ އަކީ ވަގު ފައިސާގެ ދިފާޢީ ވަކީލު ކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.
އަލީ ވަހީދުގެ މައްސަލަތައް ކޯޓުގައި އޮތްއިރު، އެކަމާއި ގުޅިގެން ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް ހާޒިރުނުވި މައްސަލައެއްގައި އޭނާގެ މައްޗަށް ވަނީ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީ ދައުލަތުން ވެސް އެއްބާރުލުން ދީގެން ކޯޓުން ހިފަހައްޓާފައި އޮތް އޭނާގެ ޕާސްޕޯޓު ދޫކޮށްލުމުންނެވެ. އެއަށްފަހު ދައުލަތާއި ކޯޓާއި ފުލުހާއި ދެމެދުގައި އަލީ ވަހީދާ ގުޅޭ އެކިކަހަލަ "ޑްރާމާތައް" މިހާތަނަށް ވެސް އައީ ކުޅެމުންނެވެ.

ކްރިމިނަލް ކޯޓުގަ ޕީޖީ ތާއީދުކުރީ އަޅުގަނޑު ބޭރަށް ފުރުވާލަން. ކޯޓުގެ ޝަރީޢަތުގެ އޯޑިއޯރިކޯޑިންގ އިން މިކަން ކަށަވަރު ކުރެވޭނެ. އާ ޕާސްޕޯޓެއް ހަދާ ފުރަން މަޖުބޫރު ކުރުވީ އެރެއިން އެރެއަށް. ޖޭ.އެސް.ސީ ހިސޯރުކޮށްގެން ދެން މަސައްކަތްފެށީ ފަނޑިޔާރު ހަވަރަށްދީ ހަރާމްހުކުމެއް ކުރުވަން.
— Ali Waheed (@ali20waheed) September 13, 2021
ޢަލީ ވަޙީދު ވިދާޅުވީ، ޖޭ.އެސް.ސީ ހިސޯރުކޮށްގެން ދެން މަސައްކަތްފެށީ ފަނޑިޔާރު ހަވަރަށްދީ ހަރާމް ހުކުމެއް ކުރުވަން ކަމަށެވެ.
ވަޒީރު ކަމުގައި މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ގިނަ ދައުވާ ތަކެއް އުފުލާފައި ވަނިކޮށް އިނގިރޭސި ވިލާތަށް ވަޑައިގެން އުޅުއްވާ އަލީ ވަހީދު މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވީ ހައިކޯޓުގެ ހުކުމުން އޭނާއާއި ދޭތެރޭ ދަޢުލަތުން (ޕީޖީ) ވެފައިވާ އިހުމާލު ދަލީލުކޮށްދޭ ކަމަށެވެ. އަދި ޕީޖީ ޝަމީމް ފޮތް ނުކިޔާކަން ޔަޤީންވެއްޖެ ކަމަށާއި، ކަމަކަށް ކަމެއް ކުރާ މީހަކު ލައިގެން ދަޢުލަތް ހަރާބު ވެއްޖެ ކަމަށް އަލީ ވަޙީދު ވިދާޅުވިއެވެ.
އަދި ޕީޖީ ޝަމީމްގެ މައްސަލަ ބަލާ އޭނާ ވަކިކުރަންޖެހޭ ކަމަށާއި، ޕީޖީ އަކީ ވަގު ފައިސާގެ ދިފާޢީ ވަކީލު ކަމަށް ޢަލީ ވަޙީދު ވިދާޅުވިއެވެ.
އަލީ ވަހީދުގެ މައްސަލަތައް ކޯޓުގައި އޮތްއިރު، އެކަމާއި ގުޅިގެން ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް ހާޒިރުނުވި މައްސަލައެއްގައި އޭނާގެ މައްޗަށް ވަނީ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީ ދައުލަތުން ވެސް އެއްބާރުލުން ދީގެން ކޯޓުން ހިފަހައްޓާފައި އޮތް އޭނާގެ ޕާސްޕޯޓު ދޫކޮށްލުމުންނެވެ. އެއަށްފަހު ދައުލަތާއި ކޯޓާއި ފުލުހާއި ދެމެދުގައި އަލީ ވަހީދާ ގުޅޭ އެކިކަހަލަ "ޑްރާމާތައް" މިހާތަނަށް ވެސް އައީ ކުޅެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު