ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް
ދައްޕަރު މައްސަލާގައި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ފިއްލަދޫން ފަހާލައިފިއެވެ.

މެންބަރު އިބްރާހީމް ޝަރީފް ފިއްލަދޫއަށް ވަޑައިގަތުމުން އެރަށުގެ ބައެއް ރައްޔިތުންވަނީ، ފިއްލަދޫގެ އިޚްތިޞާޞުން ދައްޕަރު ވަކިކޮށްފައިވާތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުން އިހުތިޖާޖު ކޮށްފައެވެ. އަދި ޝަރީފްގެ އިސްތިއުފާއަށް އެ ޒުވާނުން ވަނީ ގޮވާލާފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ޝަރީފު ފިއްލަދޫއަށް ވަޑައިގަތުމުން އޭނާގެ އިސްތިޢުފާއަށް ގޮވާލި ޢާއްމުންވަނީ އޭނާއަކީ ހާއިނެއް ކަމަށްވެސް ބުނެފައެވެ. އަދި އިސްތިޢުފާ ނުދީފިނަމަ ކޯޓަށް ގޮސްގެންވެސް އެކަން ކުރާނެ ކަމަށް ބުނެފައިވެއެވެ.



އެއަށްފަހު އެރަށުގެ ރައްޔިތުންވަނީ މެންބަރު ޝަރީފްގެ އިސްތިއުފާއަށް ގޮވަމުން ފަހަތުންގޮސް އޭނާ ރަށުންވެސް ބާލުވާފައެވެ.



ދައްޕަރު ފިއްލަދޫގެ އިޚުތިޞާޞުން ވަކިކުރުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމެވުމާއި ގުޅިގެން ފިއްލަދޫ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ފިއްލަދޫގެ އުތުރުބައި ކަމުގައިވާ ދައްޕަރަކީ އެ ރަށާ ގުޅިފައިވާ، އަދި މިހާރު އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ފިއްލަދޫގެ ތާރީޚާ ވަރަށް ބޮޑަށް ގުޅިފައިވާ ސަރަަހައްދެއް ކަމަށެވެ. އަދި އެތަން ސަރުކާރަށް ނެގީ ރައްޔިތުންނާ އަދި ކައުންސިލާ ވެސް އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތިކަމަށް އެ ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު