ހުޅުމާލޭ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު ހުޅުމާލޭގައި ހުންނަ ފިޔަވައްޗަށް ވަތް ކަމަށްބުނެ އެ މައްސަލަ ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ނިންމާފައިވަނީ ޙަޖަމް ނުވެގެން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުން ބަލަހައްޓާ ފިޔަވަތީގައި ހިނގައިދިޔަ ހަމަނުޖެހުން ކޮންޓްރޯލްކޮށް އަވަސް ފިޔަވަޅުތަކާއެކު، އިބްރާހީމް ޝުޖާޢު އެޅުއްވި ހަރުދަނާ ފިޔަވަޅުތައް ރައްޔިތުން ބަލައިގަންނަ ކަމަށެވެ.
އެގޮތުން "ފިޔަވަތި" އިމާރާތުގެ އެތެރޭގެ ހާލަތު ގޯސްވެ އެތަނުގެ ތެރޭގައި ހިނގައި ދިޔަ ހަމަނުޖެހުން ކޮންޓްރޯލު ނުވެ އިމާރާތުގައި އަލިފާން ރޯވާ ހިސާބަށް ދިޔައިރުވެސް، އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާއި ޙަވާލުވެ ތިއްބެވި ސިޔާސީ ވެރިން ތިއްބެވީ ފިޔަވަޅު ނާޅާ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ، ދަޢުލަތުން ފިޔަވަތީގެ ހާލަތު ގޯހުން ގޯހަށް ދިއުމަށް ދޫކޮށްލައިގެން ތިއްބާ އަވަސް ފިޔަވަޅުތަކަކާއެކު، އެކަން ޙައްލުކޮށް މުޅި ތަން ކޮންޓްރޯލު ކުރުމުގައި އިސް ދައުރެއް އަދާ ކުރައްވާފައިވަނީ މާލޭ ސިޓީގެ ހުޅުމާލެއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރު، ޕީ.އެން.ސީ ގެ ނާއިބު ރައީސް އިބްރާޙިމް ޝުޖާޢު ކަމަށެވެ.
"އެވަގުތު އެފަދަ އަވަސް ފިޔަވަޅުތަކެއް އިބްރާހީމް ޝުޖާޢު އަޅުއްވައި އެތަނުގެ ތެރޭގައި ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލު ކުރައްވާ ނަމޫނާ ދެއްކެވުމުގެ ސަބަބުން ދިވެހި ރައްޔިތުންގެ ނުރުހުން ސަރުކާރަށް އަމާޒުވެ، ފިޔަވަތީގައި ކުޑަކުދިން ބެލެހެއްޓުމުގެ ޒިންމާއާއި ޙަވާލުވެ ތިބި ސިޔާސީ ފަރާތްތަކަށް ފާޑުކިއުންތައް ގިނަވެ، އިބްރާހީމް ޝުޖާޢަށް ރައްޔިތުން ތަޢުރީފް ކުރުން ހަޖަމު ނުވެގެން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން އެމަނިކުފާނަށް ފިޔަވަޅުއެޅުމަށް ނިންމާ އެމަނިކުފާނުގެ މައްސަލަ އެލްޖީއޭއަށް ހުށަހަޅުއްވަން ނިންމެވި ނަމަވެސް އިބްރާހީމް ޝުޖާޢު ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ފަހަތަށް ނުޖެއްސޭނެއެވެ." އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ބުނީ، ފިޔަވަތީގެ މައްސަލަތައް ޙައްލު ކުރެއްވުމުގައި އިސްކޮށް މަސައްކަތް ކުރައްވާ އެކަމުގައި ދައުލަތުގެ ކަމާބެހޭ މުއައްސަސާތައް ހޭލައްވާލި އިބްރާހީމް ޝުޖާޢު އަކީ ހުޅުމާލޭގެ ރައްޔިތުންގެ ވޯޓުން އެ ދާއިރާގެ ރައްޔިތުން ތަމްސީލު ކުރެއްވުމަށް މާލޭ ސިޓީ ކައުންސިލަށް އެރައްޔިތުން އިންތިޚާބު ކުރައްވާފައިވާ ކައުންސިލަރު ކަން މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް އެނގިވަޑައިނުގަތުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.
ފިޔަވަތީގެ މައްސަލަ އިދިކޮޅުން ވަރަށް ބޮޑަށް ސިޔާސީ ކުރަމުން ގެންދާ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާއިރު އެމައްސަލައާއި ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން މިރޭ ވަނީ މުޒާހަރާއެއް ބާއްވަން ވެސް މަސައްކަތް ކޮށްފައެވެ.
ފިޔަވަތީގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ޖެންޑަރ މިނިސްޓްރީން ވަނީ އެކުދިން އުޅޭ ގޮތް ބަލަން އާންމުން އެތަނަށް އެއްވެ ވިޑިއޯއާއި ފޮޓޯނަގައި ނުހެދުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު