މޯލްޑިވިއަންގެ ފްލައިޓެއް
މޯލްޑިވިއަންގެ ފްލައިޓެއް
ނ. މާފަރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރު ވެފައިވާ ކަމަށް މޯލްޑިވިއަނުން ހާމަކޮށްފިއެވެ.

މޯލްޑިއަނުން ބުނީ، މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ނިއުދިއްލީއަށް ސީދާ ދަތުރުތައް ފަށާނީ އަންނަ މަހުގެ 21 ވަނަ ދުވަހު ކަމަށާއި، މާފަރުން ނިއުދިއްލީއަށް ދެކޮޅު ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 285 އެމެރިކާ ޑޮލަރަށް ކަމަށެވެ. އަދި ނިއުދިއްލީން މާފަރަށް ދެކޮޅު ޓިކެޓް ވިއްކުމަށް ހަމަޖައްސާފައިވަނީ 312 ޑޮލަރަށެވެ.

އެ ދަތުރުތައް ކުރާނީ ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ.

މޯލްޑިވިއަނުން ބުނެފައިވަނީ މި ދަތުރުތަކުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ، މޯލްޑިވިއަންގެ ޓިކެޓް އޮފީސްތަކުންނާއި ވެބްސައިޓް މެދުވެރިކޮށް ކަމަށެވެ.

ބަނގުރޫޓުވުމުގެ ބިރާ ކުރިމަތިވެފައިވާ އަދި މުސާރަ ހަމައަށް ނުދޭތީ ޕައިލެޓުން ވަޒީފާއިން ވަކިވަމުންދާ ގައުމީ އެއާލައިނުން އިންޑިއާގެ ވެރިރަށަށް ސީދާ ދަތުރުތައް ފަށަން ނިންމި ނަމަވެސް ދިވެހިންނަށް އިންޑިއާއަށް މިހާރު އެރެނީ ރާއްޖޭގައި ހުންނަ އިންޑިއާ ސަފީރު ވިސާ ދެއްވީމައެވެ. ނަމަވެސް އިންޑިއާ މީހުން ރާއްޖެ އަންނާކަށް ވިސާ ނަގާކަށް ނުޖެހެއެވެ. އެމީހުންނަށް ރާއްޖެއިން އޮންއެރައިވަލް ވިސާ ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން