މިނިސްޓްރީ އޮފް ޓޫރިޒަމްގެ ގިނަ ޢަދަދެއްގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތުކުރެވުނު ކުރީގެ ފަތުރުވެރިކަމާބެހޭ ވަޒީރު ޢަލީ ވަޙީދަށް މި ސަރުކާރާއި، ސަރުކާރުގެ ވެރިން ގޯސްވީ ޖިންސީ ފުރައްސާރައިގެ މައްސަލާގައި ދައުވާކޮށް އިންސާފުގެ ކުރިމައްޗަށް ޙާޟިރު ކުރެވުމުން ކަމަށް ހެންވޭރު ދެކުނު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޙުސައިން ޝަހީމް (އަނދުން ޙުސައިން) ވިދާޅުވެއްޖެއެވެ.
އިނގިރޭސިވިލާތުގައި ފިއްލަވައިގެން ހުންނަވައި ޢަލީ ވަޙީދު ރޭ ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީތީ ހިތާމަ ކުރާ ކަމަށާއި، އަދި އެކަމަށްޓަކައި ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި ރައީސް ޔާމީނަށް ކޮށްފައިވާ ޝަރީޢަތަކީވެސް އިންސާފުން ބޭރުން ކޮށްފައިވާ ޝަރީޢަތެއް ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.
ޢަލީ ވަޙީދަށް ރައްދު ދެއްވަމުން މެންބަރު ޝަހީމް ވިދާޅުވީ، ޢަލީ ވަޙީދަށް ރައީސުލްޖުމްހޫރިއްޔާ ގޯސްވީ 15 އަންހެން ކަނބަލުންނަށް ޖިންސީ ގޯނާކުރި މައްސަލާގައި އިންސާފުގެ ކުރިމައްޗަށް ޙާޟިރު ކުރުމުން ކަމަށެވެ. އަދި މިއީ ހިތާމަހުރި ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.
އޭގެ އިތުރުން މެންބަރު ޝަހީމް ވިދާޅުވީ، ޢަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ފަރާތްތަކަށް އިންސާފު ލިބެންޖެހޭ ކަމަށާއި، މި ސަރުކާރުން އެކަން ކުރާނެ ކަމަށެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަލީ ވަޙީދުގެ މައްޗަށް 7 ދަޢުވާއެއް ކޮށްފައިވެއެވެ.

Hithaama hurikameh 15 ah vure gina Dhivehi kanbalun, muvahzafunah eki minvarah jinsee goanaa,furahsaara kuri kamuge mududhaaru thuhumathu insaafuge kurimahchah genaumaa eku @ali20waheed ah raees’ul jumhooriyya goas vejje! Goanaa aai furahsaara vi faraaih thakah insaafu libenjehey
— Hussain Shaheem (@AndhunHussain) September 21, 2021
އޭގެ އިތުރުން މެންބަރު ޝަހީމް ވިދާޅުވީ، ޢަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ފަރާތްތަކަށް އިންސާފު ލިބެންޖެހޭ ކަމަށާއި، މި ސަރުކާރުން އެކަން ކުރާނެ ކަމަށެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ. އަލީ ވަޙީދުގެ މައްޗަށް 7 ދަޢުވާއެއް ކޮށްފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު