މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)
ކަޅުދަބަސް އުފުއްލެވުމަކީ ރައީސް ޞާލިޙް ކުރަށްވާނެ ކަމެއް ނޫން ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު އިބްރާހިމް ރަޝީދު ވިދާޅުވީ، ރައީސް ޞާލިޙް ކުރަށްވާނެ ކަންތައްތަކާއި، ނުކުރަށްވާނެ ކަންތައްތައް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އަލީ ވަޙީދު ރޭ ވިދާޅުވިގޮތަށް ކަޅު ދަބަހެއް އުފުއްލެވުމަކީ ރައީސް ކުރަށްވާނެ ކަމެއް ނޫންކަން ޔަޤީން ކަމާއެކު ދަންނަވަން ކެރިވަޑައިގަންނަވާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ފަހަކަށް އައިސް ރައީސް ޞާލިޙަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ބޮންޑޭ ވިދާޅުވީ، ޢަލީ ވަޙީދު ރޭ ދެއްކެވީ ރައީސް ޞާލިޙް ނުކުރަށްވާނެ ކަންތައްތަކުގެ ވާހަކަ ކަމަށެވެ. އަދި ޢަލީ ވަޙީދުގެ ރާގު ކުއްލިއަކަށް ބަދަލުވީ ގޮތެއްވެސް ބަލަންޖެހޭ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުގައި ހުންނަވައިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އޭރު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރަކަށް ހުންނެވި މިހާރުގެ ރައީސް ޞާލިހް 35 މިލިއަން ރުފިޔާ އާއި ހަވާލުވެވަޑައިގެންނެވީ ރެހެންދި ފްލެޓްގައި ކަމަށެވެ. އަދި ރައީސް ޞާލިހް ކަޅު ދަބަހުގައި ފައިސާ އުފުއްލެވި ސީސީޓީވީ ފުޓޭޖް ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށް ވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.

ރައީސް ސާލިޙު މީގެ ކުރިން ވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ޖެހިވަޑައިގެންފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

އަލީ ވަހީދު ވަނީ އޭނާގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތައް ދޮގުކުރައްވައި ތަހުގީގުގައި އޭނާއާއި އެކަމާބެހޭގޮތުން އެއްވެސް ސުވާލެއް ނުކުރާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ރޭގައި މުޅިން ވެސް ވާހަކަ ދެއްކެވީ މިހާތަނަށް އޭނާއާއި މެދު ކެރެވުނު ހުރިހާ ތުހުމަތަކުން ބަރީއަވެވަޑައިގެންނެވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން