ސައިރިކްސް އަޙްމަދު ޝަރީފް
ސައިރިކްސް އަޙްމަދު ޝަރީފް
ޒުވާނުން މަގުމަތިވިޔަ ނުދިނުމަށް، ދެ ޒުވާނަކަށް ވަޒީފާ ދެއްވައި ސައިރިކްސް އަޙްމަދު ޝަރީފް ނަމޫނާ ދައްކަވައިފިއެވެ.

ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް މިއަދު ވިދާޅުވީ، މިއަދު މަގުމަތިން ދިމާވި ދެޒުވާނަކަށް ވަޒީފާދީފައިވާ ކަމަށެވެ. އަދި ވަޒީފާއަށް ވަނުމަށް ޝަރުތުކުރީ ގަޑިއަށް އައުމަށާއި، ސުޕަވައިޒަރު ދައްކާ ކޮންމެ މަސައްކަތެއް ކުރުމަށް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފު ވިދާޅުވީ، ވަޒީފާ ދިނުމުގައި އެއްވެސް ކޮލިފިކޭޝަނަކަށް ނޭދޭ ކަމަށާއި، ހަމައެކަނި އެދުނީ އައިޑީކާޑުގެ ކޮޕީއަކަށް އެކަނި ކަމަށެވެ.

އޭގެ އިތުރުން ޝަރީފް ވިދާޅުވީ، ޒުވާނުންގެ މަސައްކަތް ކައިރިން ބަލާލުމުން ބަންގުލަދޭޝްގެ 2 މީހުން ކުރާ މަސައްކަތަށްވުރެ މާ ފަރުވާތެރިކަމާއެކު ދިވެހި ޒުވާނުން މަސައްކަތް ކުރާކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން އޭނާ ވަނީ ރާއްޖޭގެ ކޮންމެ ކުންފުންޏަކުން ދިވެހި ދެ ޒުވާނުން ވަޒީފާއަށް ނެގި ނަމަވެސް ޒުވާނުން މަގުމަތިނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޒުވާނުން މަގުމަތިވަނީ އަޅާލުން ނުލިބޭތީ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މިކުދިން މަގުމައްޗަށް ގިނަވަނީ އަޅާނުލެވޭތީ." ޝަރީފް ވިދާޅުވިއެވެ.



ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ޢަދަދު އިތުރުވެފައި ވާއިރު، ޢާމްދަނީ ލިބޭނެ ގޮތެއްނެތި މަގުމަތިވެފައިވާ ޒުވާނުންވެސް ވަނީ ނިސްބަތުން އިތުރުވެފައެވެ. ކޮވިޑާ ގުޅިގެން ގިނަ ޢަދަދެއްގެ ޒުވާނުންގެ ވަޒީފާ ގެއްލިފައިވާއިރު، އެފަދަ ބައެއް ޒުވާނުން ދަނީ މަސްތުވާތަކެތި ބޭނުންކުރުންފަދަ ކުށްތަކަށް ހުށަހެޅެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން