ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި, ރައީސް ޢަބްދުالله ޔާމީން
ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި, ރައީސް ޢަބްދުالله ޔާމީން
ކުރީގެ ރައީސް ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމަކީ ރާއްޖެއިން މަދުން ނޫނީ ނުފެންނަވަރުގެ ޢިލްމީ ބޭފުޅެއް ކަމަށް އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިއްޔެ ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުމުގައި ދިފާޢުގައި އަމިއްލަފުޅަށް ވަކާލާތު ކުރަށްވާ ވީޑިއޯއެއް ޙިއްސާކުރަށްވަމުން ކުރިން އިސްލާމިކް މިނިސްޓަރުކަންވެސް ކުރެއްވި ޑރ ޝަހީމް ވިދާޅުވީ, ރައީސް ޔާމީނަކީ ރާއްޖެއިން ވަރަށް މަދުން ނޫނީ ނުފެންނަ ވަރުގެ ޢިލްމީ ބޭފުޅެއްކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ, ރައީސް ޔާމީންގެ ޢިލްމީ ޤާބިލްކަން އެންމެ ބޮޑަށް ފާހަގަވީ އެމަނިކުފާނުގެ ދަށުން ކެބިނެޓުގައި މަސައްކަތްކުރެއްވި ދުވަސްވަރުގައި ކަމަށެވެ.

"ރައީސް ޔާމީން އަކީ އުފެއްދުންތެރި ވިސްނުން ހުންނަ ވަރަށް ކުޅަދާނަ ވަރަށް މޮޅު ޤައުމީ ވިސްނުމުގެ ބޭފުޅެއް. ވާހަކަ ދެއްކުންތެރިއެއް. އެމަނިކުފާނަށް އިންސާފު ލިބެންޖެހޭ." ޑރ. ޝަހީމް ވިދާޅުވެފައިވެއެވެ.



ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ މައްޗަށް މަނީލޯންޑްރިންގެ ކުށް ސާބިތުވެ، 5 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އޭގެފަހުން އެމަނިކުފާނާއި ގުޅޭ އިތުރު މައްސަލަތަކެއްވެސް ކޯޓަށް ވަނީ ހުށަހަޅާފައެވެ. މިހާރު ސްޕްރީމް ކޯޓުގައި ކުރިއަށް ދަނީ އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލުހުކުމުގެ އެންމެ ފަހުގެ އިސްތިއުނާފީ މަރުހަލާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން