އެމްްޑީީޕީގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު
އެމްްޑީީޕީގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު
ވޯޓުފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިއްމު އަމާޒް ކަމަށް އެމްޑީޕީގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ރައީސް ނަޝީދު މިއަދު ވިދާޅުވީ, މިއަދަކީ ޤައުމިއްޔަތު ބިނާކުރުމުގައި ފަޚުރުވެރި ކާމިޔާބެއް ހޯދޭ ދުވަހެއްކަމަށެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން މިއަދު ހެނދުނު ނުވަޔަކުން ފެށިގެން މުޅިރާއްޖޭގައި ދަނީ ކުރިއަށެވެ.

ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަށްވާ ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވަމުން މިވަގުތު އިނގިރޭސިވިލާތުގައި ހުންނެވި ރައީސް ނަޝީދު ވިދާޅުވީ, އެންމެންގެ ބައިވެރިވުމާއެކު ވޯޓުފޮށިން ކަންކަން ނިންމުމަކީ އެމްޑީޕީގެ އެންމެ މުހިންމު އަމާޒް ކަމަށެވެ.



އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބަކީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބާއްވާ އެންމެ ބޮޑު އިންތިޚާބެވެ. މި އިންތިޚާބުގެ ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގައެވެ. 700 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާ މި އިންތިޚާބުގައި 455 މަޤާމަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިހާތަނަށް އިންތިޚާބަކާ ނުލައި 165 ކެންޑިޑޭޓުންނަށް ވަނީ މަޤާމުތައް ކަށަވަރުވެފައެވެ.

92 ހާހަށްވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މި އިންތިޚާބުގައި އެމްޑީޕީގެ ދެ ފެކްޝަންގެ ފަރާތުން ދަނީ ކެންޑިޑޭޓުން ވާދަކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން