ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު
އެކަކު އަނެކަކަށް ވަގަށް ގޮވުމުން އެކަމުގެ އަސަރު ކުރާނީ ރައްޔިތުންނަށް ކަމަށް ފޭދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންތަކަށް ނިސްބަތްކުރަށްވައި ނިހާދު ވިދާޅުވީ މިއަދު ހުރިހާއެންމެންވެސް މަސައްކަތް ކުރަންވީ އެކުވެރިކަމާއެކު އެއްޓީމެއްގެ ގޮތުގައި ކަމަށެވެ. އަދި ޤައުމާއި ރައްޔިތުންނަށް އެއްމެ މަސްލަޙަތު ރަނގަޅު ގޮތަކީ އެއީ ކަމަށްވެސް ނިހާދު ވިދާޅުވިއެވެ.

އެކަކު އަނެކަކަށް ވަގަށް ގޮވައިހެދުމުން ބައިބައިވެ އަސަރު ކުރާނީ ރައްޔިތުންނަށާއި ޤައުމަށްކަން ނިހާދު ފާހަގަކުރެއްވިއެވެ. އަދި އެކަން ނުކުރުމަށް އޭނާ ވަނީ އިލްތިމާސް ކުރަށްވާފައެވެ.

"އޭރަށް ޓީމްވެސް އެކުވެ ޤައުމަށް ހެޔޮ ބަދަލު ގެނެވޭނެކަން ޔަޤީން." ނިހާދު ވިދާޅުވެފައިވެއެވެ.



ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ އެތެރޭގައި ޚިޔާލު ތަފާތުވުންތައް އުފެދިފައިވާއިރު އެކަމުގެ ކަންބޮޑުވުން އެ ޕާޓީގެ ޢާއްމު މެންބަރުން ދަނީ ފާޅުކުރަމުންނެވެ. އަދި ނިމިގެން ދިޔަ ޕާޓީގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ ރައީސް, ރައީސް ނަޝީދާއި, އިސްލީޑަރ އިބްރާހިމް މުޙައްމަދު ޞާލިޙަށް ތާޢީދު ކުރާ ކެންޑިޑޭޓުން ވާދަ ކޮށްފައިވާއިރު އިންތިޚާބުން މޮޅުވިކަމަށް ދެފަރާތުންވެސް ދަނީ ބުނަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން