ޑރ. ނަޒްލާ މުސްތަފާ
ޑރ. ނަޒްލާ މުސްތަފާ
ސްކޫލްތަކުން ކޮވިޑް-19 ފެތުރެމުންދާކަން އަދިވެސް ފާހަގަކުރެވެމުންދާކަމަށް ޑރ. ނަޒްލާ މުސްޠަފާ މިރޭ ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ މާސްކު ނާޅާ، ގައިދުރުކަން ނުބަހައްޓާ، އެއްވުންތައް ބާއްވާކަމުގައި ވަނީ ނަމަ ކޮވިޑް-19ގެ ކޭސްތައް އިތުރުވެގެންދާނެކަމަށާއި، އަދި މިގޮތަށް އަމަލު ކުރުމުން މިކަމުގެ ނޭދެވޭ އަސަރު ކުރާނީ ކުޑަކުދިންނަށް ކަމަށެވެ.

އެގޮތުން ސްކޫލްތަކުން އަދިވެސް ކޮވިޑް-19ގެ އައުޓްބްރޭކްސް ފެންނަމުންދާއިރު، އެންމެ ފަހުގެ އައުޓަބްރޭކްގައިވެސް ވަރަށް ގިނަ ކުދިން ބަލިވެފައިވާކަން ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ. ކުޑަކުދިންނަށް ކޮވިޑް-19 ޖެހުމަށް ފަހު ދެން ޖެހޭ މިސްކުގެ ބަލީގައި ވެސް 10 އަށްވުރެ ގިނަ ކުދިން އައިސީޔޫ ގަައި ފަރުވާ ހޯދާފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ދުވަސްވަރު ކޮވިޑް-19 ކޮންޓްރޯލް ވެފައިވީ ނަމަވެސް، ތަފާތު އެކި ރޯގާތައް ފެތުރެމުންދާކަމަށް ފާހަގަކުރައްވަމުން ޑރ. ނަޒްލާ ވިދާޅުވީ ސްކޫލްތަކުގައި ހަލުވިކަމާއެކު މި ރޯގާތައް ފެތުރެމުންދާ މައިގަނޑު ސަބަބަކީ ބަހައްޓަން ޖެހޭ ގައިދުރުކަން ނުބެހެއްޓުމާއި، ރޯގާގެ އަލާމާތްތައް ފެނުނަސް ސްކޫލަށް ކުދިން ފޮނުވާތީ ކަމަށެވެ.

ކުޑަކުދިންނަކީ ވަރަށް އަވަހަށް ތަފާތު ރޯގާތަކަށާއި ބަލިތަކަށް ހުށަހެޅޭ ބައެއްކަމަށްވާތީ، މާސްކް އެޅުމާއި، ގައިދުރުކަން ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއްކަން ސިއްހީ މާހިރުން ފާހަގަ ކުރަށްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން