ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.
މިއަދު މަޖިލީހުގައި ކުރިއަށްދާ ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ޖާބިރު ވަނީ، އެހެން ދީންތަކުގެ މީހުންނަށްވެސް ރާއްޖޭގައި އަޅުކަންކޮށް އުޅެވޭނެ މާޙައުލެއް އުފެއްދުމަށް ގޮވާލައްވާފައެވެ. މިއީ ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައިވެސް މަޖިލީހުގެ ޖަލްސާއެއްގައި މެންބަރަކު އެހެން ދީންތަކުގެ މީހުންނަށް ރާއްޖޭގައި އަޅުކަންކޮށް އުޅެވޭނެ މަގު ފަހި ކުރުމަށް ގޮވާލި ފުރަތަމަ ފަހަރެވެ.
މިއަދުގެ ޖަލްސާގައި ޖާބިރު ބުނީ މާތްﷲ ވޮޑިގެންވާކަން އޭނާ ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ދީނީ މިނިވަންކަން ރާއްޖޭގައި ދޭން ޖެހޭ ކަމަށެވެ. އަދި އެއީ އިސްލާމް ދީނާ ހިލާފު ކަމެއް ނޫން ކަމަށްވެސް އޭނާވަނީ ވިދާޅުވެފައެވެ.
"ޝަރީއާ ތަހުޒީބު، ގުރުއާން ތަހުޒީބު. ﷲ ވޮޑިގެންވޭ. ﷲ ސުބުހާނަހޫ ވަތައާލާގެ މިންވަރުފުޅުން އަޅުގަނޑުމެންނަކީ ސުންނީ މުސްލިމުން. މި ރާއްޖޭގައި މާ މޮޅު ދީންވެރިއަކު ނެތް. އެންމެން ނަމާދު ކުރޭ. އެހެން ދީންތަކަށް، މި ރާއްޖޭގައި ނަމާދުކޮށް އުޅެވޭނޭ ގޮތުގެ މައްޗަށް. 'لَكُمْ دِينُكُمْ وَلِيَ دِينِ' މިގައުމުގައި އުފައްދަން އެބަ ޖެހޭ. މާނައަކީ، އެހެން ދީންތަކުގެ މީހުން ނަމާދުކޮށް މިތާގައި އުޅެވެން ވާނެ އޭ. މި ރާއްޖެ މިއީ ޔުނިވާސަލް ޕްރެކްޓިސްއެއް އޮންނަން ޖެހޭ ގައުމެއް،" ޖާބިރު ވިދާޅުވެފައިވެއެވެ.
ޖާބިރުގެ ވާހަކަތަކާ ގުޅިގެން މަޖިލީހުގެ ރިޔާސަތުންވެސް އެކަމަށް ވަކި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. ފަހަކަށް އައިސް ޖާބިރުގެ ފަރާތުން ފެންނަމުންދާ އާދަޔާޚިލާފު ބައެއް ކަންކަމުގެ ސަބަބުން އޭނާއަށް އެހީތެރިކަން ބޭނުންވާކަމަށް ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ޙަރަކާތްތެރިވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު