އައްޑޫގެ އިގްތިސާދުގެ ކޮންޓްރޯލް އަދިވެސް އޮތީ މާލޭގެ ފިނިކުރި ކޮޓަރިތަކުގެ ތެރޭގައި ކަމަށް ސައިރިކްސް ކޮލެޖްގެ ޗެއަރމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓަށް ބައިނަލްއަޤުވާމީ އެއަރލައިންތަކުން ދަތުރުނުކުރާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރަށްވަމުން ޝަރީފް މިއަދު ވިދާޅުވީ އެގޮތަށް އެކަން ދިމާވަނީ އައްޑޫގެ އިޤްތިޞާދުގެ ކޮންޓްރޯލް އަދިވެސް މާލޭގައި އޮންނާތީ ކަމަށެވެ. އެގޮތުން ގަން އިންޓަނޭޝަނަލް އެއަރޕޯޓާއި, އައްޑޫ ހޮސްޕިޓަލް ހިންގަން ޙަވާލުކޮށްފައިވަނީ ޤާބިލު ބަޔަކާ ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.
"މޭޔަރަށްވެސް ނޭގޭވާނުވާ، އައްޑޫގެ އިގްތިސާދުގެ ކޮންޓްރޯލް އަދިވެސް އޮތީ މާލޭގެ ފިނިކުރި ކޮޓަރިތަކުގެ ތެރޭގައި." ޝަރީފް ވިދާޅުވެފައިވެއެވެ.
އޭގެ އިތުރުން ޝަރީފް ވިދާޅުވީ, ގަންއެއާޕޯޓު ހިންގަން ހަވާލުކުރި އެމްޑީ އާއި, ޗެއާމަނުގެ ކިބައިގައި އެއަރޕޯޓް ހިންގުމުގެ ގާބިލުކަން ނެތް ކަމަށާއި, އައްޑޫ ހޮސްޕިޓާ ހިންގަން ހަވާލުކުރި ބޯޑުގައިވެސް އެ ޤާބިލުކަން ނެތް ކަމަށެވެ. އަދި އައްޑޫ މޭޔަރަށްވެސް އިޤްތިޞާދު ހިންގަން ނޭނގޭ ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު އައްޑުއަށް ބޭނުންވެގެން އުޅެނީ ޓޫރިސްޓު ބެޑާއި ނުހުޅުވިއޮތް ދެރިސޯޓު ހުޅުވައި ގެއްލުނު ވަޒީފާތައް އިއާދަވުން ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މިއަހަރު ޓޫރިޒަމް ދުވަސް އައްޑޫގައި ފާހަގަ ކުރަން ހަމަޖެހިފައި އޮތް ނަމަވެސް އެދުވަސް އައްޑޫގައި ފާހަގަ ނުކުރީ އެފަދަ އުފާވެރިކަމެއް އައްޑޫގައި ނެތުމުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.

މޭޔަރަށްވެސް ނޭގޭވާނުވާ،އައްޑޫގެ އިގްތިސާދުގެ ކޮންޓްރޯލް އަދިވެސް އޮތީ މާލޭގެ ފިނިކުރި ކޮޓަރިތަކުގެ ތެރޭގައި،ގަންއެއާޕޯޓު ހިންގުމުގެ ގާބިލުކަމެއް ނެއް މިހާރު އެތަން ހިންގަން ހަވާލުކުރި އެމްޑީ އަދި ޗެއާމަނުގެ ކިބައިގައި، ހޮސްޕިޓާ ހިންގަން ހަވާލުކުރި ބޯޑުގައިވެސް އެގާބިލުކަމެއްނެތް
— Shareef (@shar_f) September 30, 2021
އޭގެ އިތުރުން ޝަރީފް ވިދާޅުވީ, ގަންއެއާޕޯޓު ހިންގަން ހަވާލުކުރި އެމްޑީ އާއި, ޗެއާމަނުގެ ކިބައިގައި އެއަރޕޯޓް ހިންގުމުގެ ގާބިލުކަން ނެތް ކަމަށާއި, އައްޑޫ ހޮސްޕިޓާ ހިންގަން ހަވާލުކުރި ބޯޑުގައިވެސް އެ ޤާބިލުކަން ނެތް ކަމަށެވެ. އަދި އައްޑޫ މޭޔަރަށްވެސް އިޤްތިޞާދު ހިންގަން ނޭނގޭ ކަމަށް ޝަރީފް ވިދާޅުވެފައިވެއެވެ.
ހަމައެއާއެކު އައްޑުއަށް ބޭނުންވެގެން އުޅެނީ ޓޫރިސްޓު ބެޑާއި ނުހުޅުވިއޮތް ދެރިސޯޓު ހުޅުވައި ގެއްލުނު ވަޒީފާތައް އިއާދަވުން ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
މިއަހަރު ޓޫރިޒަމް ދުވަސް އައްޑޫގައި ފާހަގަ ކުރަން ހަމަޖެހިފައި އޮތް ނަމަވެސް އެދުވަސް އައްޑޫގައި ފާހަގަ ނުކުރީ އެފަދަ އުފާވެރިކަމެއް އައްޑޫގައި ނެތުމުން ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު