ރަީކޯ މޫސާ މަނިކު ރައީސް ޞާލިޙްގެ އަރިހުގައި
ރަީކޯ މޫސާ މަނިކު ރައީސް ޞާލިޙްގެ އަރިހުގައި
ނިމިދިޔަ އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީ މެންބަރުން ވޯޓު ދެއްވީ ޕާޓީ ސަލާމަތް ކުރުމަށްޓަކާ ކަމަށް ވިދާޅުވެ, އެކަމަށްޓަކައި އެމެންބަރުންނަށް، އެމްޑީޕީގެ ޗެއަރޕާސަންގެ މަޤާމު އަދާކުރެއްވި ރީކޯ މޫސާ މަނިކު ވަރަށްބޮޑަށް ޝުކުރު އަދާކުރަށްވައިފިއެވެ.

ރީކޯ މޫސަ މިމޭރުމުން ވިދާޅުވެފައިވާއިރު, ޤައުމީ މަޖިލީހުގެ އިންތިޚާބުގައި ދެބައިވެފައިވާ އެމްޑީޕީގެ ދެ ފެކްޝަންގެ ފަރާތުން ކެނޑިޑޭޓުން ވަނީ ވާދަކޮށްފައެވެ. އަދި އިންތިޚާބު ކާމިޔާބު ވެފައިވާ ކަމަށް ދެފެކްޝަނުންވެސް ދަނީ ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަންވެސް އަދާކުރަށްވާފައިވާ މޫސަ ވިދާޅުވީ, އެމްޑީޕީ އަކީ އެތައްބައެއްގެ ބުރަމަސައްކަތާ ޤުރުބާނީ ކަމަށެވެ. އަދި އެއީ އެތައްއަނިޔާއެއް ތަޙައްމަލުކޮށް އަނިޔާއިން މިންޖުވެވޭތޯ އަޑު އުފުލި ޕާޓީއެއް ކަމަށެވެ. ނަމަވެސް ޕާޓީގެ ޚިދްމަތްތެރިން ބަދުނާމުކޮށް މަދުބަޔަކަށް ޕާޓީގެ ބެއިތަލްމާލު ދީގެން ވެރިކަންކުރި ޒަމާން ޤައުމީ މަޖިލީހުގެ އިންތިޚާބާއެކު މާޒީވެއްޖެ ކަމަށް މޫސަ ވިދާޅުވިއެވެ.

"ޝުކުރިއްޔާ އެމްޑީޕީ ސަލާމަތްކޮށްދޭން ވޯޓުދެއްވި މެމްބަރުން." މޫސަ ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފައިވާއިރު, އެމްޑީޕީން ބުނެފައިވަނީ 25 ސެޕްޓެމްބަރ 2021 ގައި ބޭއްވި ދާއިރާތަކުގެ އިންތިޚާބު 2021 ގައި އެޕާޓީގެ 93,612 މެންބަރުންގެ ތެރެއިން 47,100 (%50.31) މެންބަރުން ވޯޓުލާފައިވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު