ރާއީސް ސޯލިޙަކީ ޤަައުމު ހިންގުމުގެ ޤާބިލްކަން ހުރި ބޭއްފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހަށް ވަރަށް ބޮޑަށް ތައީދުކުރަށްވާ ޝަރީފް ވިދާޅުވީ ކިތަންމެ ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިވަޑައިގެންނެވި ނަމަވެސް ރައީސް ޞާލިޙަކީ އެހުރިހާކަމަކަށް ކެރިވަޑައިގެން ހުންނަވައި ކުރިމަތިލައްވާނެ ބޭއްފުޅެއް ކަމަށެވެ. އަދި ރައީސް ޞާލިހަކީ ކުރިމަތިވެވަޑައިގަންނަވާ އެގޮންޖެހުންތަކަށް އެކަށޭނެ ހައްލު ހޯއްދަވާނެ ބޭއްފުޅެއްކަން ގަބޫލުކުރަށްވާ ކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ޝަރީފަކީ ރައީސް ޞާލިޙް ކުރައްވާ މަސައްކަތްޕުޅު ވަރަށް ގާތުން ފެނިވަޑައިގެންފައި ހުރި މީހެއްކަމަށާއި، އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ރައީސް ޞާލިޙަކީ ޤަައުމު ހިންގުމުގެ ޤާބިލްކަން ހުރި ބޭފުޅެއް ކަމުގައި ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން ޤައުމަށް ލިބިފައިވާ ކޮންމެ ކުރިއެރުމަކީ އެންމެ ލީޑަރެއްގެ މަސައްކަތުން ނުވަތަ ސިޔާސީ ވެރިންގެ ސަބަބުން ލިބިފައިވާ ކުރިއެރުމެއް ނޫން ކަމަށާއި، މިއީ ޤައުމުގެ ހުރިހާ ރައްޔިތުން ޝާމިލްވެގެން ކުރި މަސައްކަތުން ޤައުމަށް ލިބިފައިވާ ކުރިއެރުންތަކެއް ކަމަށްވެސް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ޤައުމަށް ކުރިއެރުން ލިބެނީ ހަމައެކަނި އެމީހުން ކުރާ މަސައްކަތުންކަމަށް ބައެއް ސިޔާސީ ޕާޓީތަކާއި، ޕާޓީތަކުގެ ވެރިން ދެކޭ ކަމަށް ޝަރީފް ވިިދާޅުވެފައިވެއެވެ.
މީގެއިތުރުން، ބައެއް ސިޔާސީ ލީޑަރުންނަކީ ފުޅާދާއިރާއެއްގައި ޑިމޮކްރަސީއާއި ގުޅޭގޮތުން ވަކާލާތުކުރަމުން އަންނަ ލީޑަރުންކަމުގައިވީ ނަމަވެސް، ޙަޤީޤަތުގައި މި ލީޑަރުންނަކީ ރައްޔިތުންގެ ފާޑުކިޔުން ހަޖަމްކުރަން ނޭނގޭ މީހުންކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ސިޔާސީ ލީޑަރުންނަކީ ދުވަހަކުވެސް ރައްޔިތުންގެ އިހުސާސް ދެނެގަންނަން ނޭނގޭނެ ބައެއްކަން ޝަރީފް ފާހަގަކުރެއްވި އެވެ.
އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައިވާއިރު، ދެފެކްޝަންގެ މެދުގައި ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ހޫނު ބަހުސްތަކެއް އަންނަނީ ހިނގަމުންނެވެ. އެގޮތުން ޝަރީފަކީ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް އެ ނިޒާމު ގެންނަން މަސައްކަތް ކުރާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މި ހުށަހެޅުއްވުމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ބޭފުޅެކެވެ. މިކަމާ ގުޅޭގޮތުން ޝަރީފް ވިދާޅުވެފައިވަނީ، ދިމާވެގެން މިއުޅެނީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށާއި، މިއީ ވަކި ބޭފުޅަކު ވެރިކަން ބޭނުންވެގެން ކުރަން އުޅޭ ކަމެއް ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމު ގެންނަން ތާއީދު ނުކުރައްވާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.

Challenges are unprecedented n disagreements are intense but I have reason to believe that @ibusolih will rise to the occasion n would bring things under control.I say this because I have seen close at hand how he managed the affairs of state in these most difficult times.
— Ibrahim Shareef (@AdduShareef) October 1, 2021
މީގެ އިތުރުން ޤައުމަށް ލިބިފައިވާ ކޮންމެ ކުރިއެރުމަކީ އެންމެ ލީޑަރެއްގެ މަސައްކަތުން ނުވަތަ ސިޔާސީ ވެރިންގެ ސަބަބުން ލިބިފައިވާ ކުރިއެރުމެއް ނޫން ކަމަށާއި، މިއީ ޤައުމުގެ ހުރިހާ ރައްޔިތުން ޝާމިލްވެގެން ކުރި މަސައްކަތުން ޤައުމަށް ލިބިފައިވާ ކުރިއެރުންތަކެއް ކަމަށްވެސް ޝަރީފް ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް ޤައުމަށް ކުރިއެރުން ލިބެނީ ހަމައެކަނި އެމީހުން ކުރާ މަސައްކަތުންކަމަށް ބައެއް ސިޔާސީ ޕާޓީތަކާއި، ޕާޓީތަކުގެ ވެރިން ދެކޭ ކަމަށް ޝަރީފް ވިިދާޅުވެފައިވެއެވެ.
މީގެއިތުރުން، ބައެއް ސިޔާސީ ލީޑަރުންނަކީ ފުޅާދާއިރާއެއްގައި ޑިމޮކްރަސީއާއި ގުޅޭގޮތުން ވަކާލާތުކުރަމުން އަންނަ ލީޑަރުންކަމުގައިވީ ނަމަވެސް، ޙަޤީޤަތުގައި މި ލީޑަރުންނަކީ ރައްޔިތުންގެ ފާޑުކިޔުން ހަޖަމްކުރަން ނޭނގޭ މީހުންކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ. އަދި އެފަދަ ސިޔާސީ ލީޑަރުންނަކީ ދުވަހަކުވެސް ރައްޔިތުންގެ އިހުސާސް ދެނެގަންނަން ނޭނގޭނެ ބައެއްކަން ޝަރީފް ފާހަގަކުރެއްވި އެވެ.
އެމްޑީޕީ ދެ ފެކްޝަނަކަށް ބެހިފައިވާއިރު، ދެފެކްޝަންގެ މެދުގައި ވެރިކަމުގެ ނިޒާމާއި ގުޅޭގޮތުން ހޫނު ބަހުސްތަކެއް އަންނަނީ ހިނގަމުންނެވެ. އެގޮތުން ޝަރީފަކީ ބަރުލަމާނީ ނިޒާމަށް ތާއީދުކޮށް އެ ނިޒާމު ގެންނަން މަސައްކަތް ކުރާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މި ހުށަހެޅުއްވުމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ބޭފުޅެކެވެ. މިކަމާ ގުޅޭގޮތުން ޝަރީފް ވިދާޅުވެފައިވަނީ، ދިމާވެގެން މިއުޅެނީ ނިޒާމުގެ މައްސަލައެއް ނޫން ކަމަށާއި، މިއީ ވަކި ބޭފުޅަކު ވެރިކަން ބޭނުންވެގެން ކުރަން އުޅޭ ކަމެއް ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމު ގެންނަން ތާއީދު ނުކުރައްވާނެ ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު