މަސްތުވާތަކެއްޗަށް ހުށަހެޅޭ ކުޑަކުދިން ގިނަވެއްޖެ ކަމަށް މާލޭ ސިޓީގެ ކުރީގެ މޭޔަރ ޝިފާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޝިފާ މި މޭރުމުން ވިދާޅުވެފައިވަނީ, ޒުވާނުންގެ މެދުގައި އޮންނަ "ގޭންގު" ތަކުގެ މައްސަލައަށް ބޮޑު ހައްލެއް ގެނައުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ހޯމް މިނިސްޓަރު އިމްރާން އަަބްދުﷲ ވިދާޅުވެފައިވާތީ އެކަމާ ގުޅިގެން "ރަސްއޮންލައިން" ގައި ޝާޢިއުކުރި ޚަބަރަކަށް ކުރެއްވި ކޮމެންޓެއްގައެވެ.
ޝިފާ ވިދާޅުވެފައިވަނީ, 10 އަހަރުގެ ކުދިން ކަންމައްޗަށް ގިނަވާން ފަށައިފިކަމަށާއި, ވެހިކަލްތަކާއި ހިނގާ މީހުންނަށް އުނދަގޫވާވަރަށް މަގުތައް އޮލަވެފައިވާ ކަމަށެވެ.
"ފާޅުގައި ވިއްކަމުންދަނީ. ދިވެއްސެއް ބޭރު މީހެއް ނޭނގޭ. އެންމެން އުޅެނީ އެ ވިޔަފާރީގައި. ކަންބޮޑުވުން އިންތިހާއަށް." ޝިފާ ވިދާޅުވެފައިވެއެވެ.
ދަޢުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ ގޭންގުތަކުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެ ގޮންޖެހުންތަކާއެކު ވެސް ސަރުކާރުން އެމައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތުގައި ފަސްނުޖެހޭނެ ކަމަށާއި އެކަމުގެ ނަތީޖާ ނެރޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން އަބުދުﷲ ވިދާޅުވީ، ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒުވާނުންގެ މެދުގައި އުފެދިފައިވާ "ގޭންގު" ތަކުގެ މައްސަލަ ކަމަށެވެ. އެހެންކަމުން "ގޭންގު"ތަކުގެ މައްސަލައަށް ބޮޑު ހައްލެެއް ގެނައުމަށް ހަރުދަނާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ޒުވާނުންގެ ގޭންގުތަށް ކޮންޓްރޯލް ކުރުމަށް މިހާރުން މިހާރަށް ކުރެވެން ހުރި މަސައްކަތް ކުރަމުންދާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

10 aharu kudhin kanmahchah gina vaan fashaifi . Vehicalakah meehakah hingeyvarehnoon mulhi magu onnani olavefa . Faalhugai vihkamundhani . Dhivehseh beyru meeheh nengey emmen ulheni efiyafaareegai. Kanboduvun inthihaayah . @MoGFSSmv @PoliceMv @ShimranAb https://t.co/nMuFWiEpJ4
— Shifa Mohammed🎈🇵🇸 (@SifaMohammed) October 2, 2021
ދަޢުލަތުގެ މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައި މިނިސްޓަރު އިމްރާން ވިދާޅުވީ ގޭންގުތަކުގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެ ގޮންޖެހުންތަކާއެކު ވެސް ސަރުކާރުން އެމައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތުގައި ފަސްނުޖެހޭނެ ކަމަށާއި އެކަމުގެ ނަތީޖާ ނެރޭނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން އަބުދުﷲ ވިދާޅުވީ، ރާއްޖޭގެ އަމާންކަމާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒުވާނުންގެ މެދުގައި އުފެދިފައިވާ "ގޭންގު" ތަކުގެ މައްސަލަ ކަމަށެވެ. އެހެންކަމުން "ގޭންގު"ތަކުގެ މައްސަލައަށް ބޮޑު ހައްލެެއް ގެނައުމަށް ހަރުދަނާ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ޒުވާނުންގެ ގޭންގުތަށް ކޮންޓްރޯލް ކުރުމަށް މިހާރުން މިހާރަށް ކުރެވެން ހުރި މަސައްކަތް ކުރަމުންދާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު