އިހުލާސްތެރި ޕާޓީ މޯލްޑިވްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ދީފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ، "އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މ. ކެލަން, މުޙައްމަދު އިސްމާއިލަށް ދިނުމަށް މިއަދު ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. ކޮމިޝަނުން ވަނީ އެ ހުއްދަ ދިން ލިޔުން އެފަރާތާ މިއަދު ޙަވާލުކޮށްފައެވެ.
މުޅިންއައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު، މިވަގުތުވެސް ރާއްޖޭގައި ދެ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެގޮތުން ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމްގެ މޯލްޑިވްސް ނެޝަނަލް ޕާޓީ އުފެއްދުމަށް ހަމަކުރަންޖެހޭ ޢަދަދަށް ސޮއި ހަމަކުރުމަށްފަހު، އީސީއަށް ވަނީ ހުށައަޅާފައެވެ.
އޭގެ އިތުރުން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން، އޭކޭ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން ގެންދަވަނީ މަސައްކަތް ކުރަށްވަމުންނެވެ.
ރާއްޖޭގައި މިހާރު 10 ސިޔާސީ ޕާޓީ ހިންގާއިރު އެންމެ ފަހުން ރަޖިސްޓަރީ ކުރީ ރައީސް މައުމޫންގެ އެމްއާރުއެމް އެވެ. އެ ޕާޓީ ރަޖިސްޓަރީ ކުރީ ނޮވެމްބަރު 20، 2019 ގައެވެ.

"އިޚްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ މ.ކެލަން, މުޙައްމަދު އިސްމާއިލަށް ދިނުމަށް މިއަދު ކޮމިޝަނުން ނިންމައިފި. pic.twitter.com/HsP2i3ugkI
— Elections Commission (@ElectionsMv) October 3, 2021
މުޅިންއައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވާއިރު، މިވަގުތުވެސް ރާއްޖޭގައި ދެ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެގޮތުން ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމްގެ މޯލްޑިވްސް ނެޝަނަލް ޕާޓީ އުފެއްދުމަށް ހަމަކުރަންޖެހޭ ޢަދަދަށް ސޮއި ހަމަކުރުމަށްފަހު، އީސީއަށް ވަނީ ހުށައަޅާފައެވެ.
އޭގެ އިތުރުން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން، އޭކޭ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން ގެންދަވަނީ މަސައްކަތް ކުރަށްވަމުންނެވެ.
ރާއްޖޭގައި މިހާރު 10 ސިޔާސީ ޕާޓީ ހިންގާއިރު އެންމެ ފަހުން ރަޖިސްޓަރީ ކުރީ ރައީސް މައުމޫންގެ އެމްއާރުއެމް އެވެ. އެ ޕާޓީ ރަޖިސްޓަރީ ކުރީ ނޮވެމްބަރު 20، 2019 ގައެވެ.
ކިޔުންތެރިންގެ ހިޔާލު