ކުރީގެ ނާއިބުރައީސް މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނާއިބުރައީސް މުޙައްމަދު ޖަމީލް އަޙްމަދު
ދެން އިވޭނީ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފަށްވެސް ދަޢުވާ ނުކުރާން ނިންމި ޚަބަރު ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިއަދު ވިދާޅުވީ، ފެންނަ ކަންކަމުން ސާފުވަނީ ޤާނޫނު ހިންގުމުގައި ރައީސް ޞާލިޙް ނުރަނގަޅު ނުފޫޒު ފޯރުވާކަން ކަމަށެވެ. އެގޮތުން މިހާރު މަޤާމުން އެކަހެރިކޮށްފައިވާ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ރައީސް ޞާލިޙާއެކު ޙަފްލާއެއްގައި ބައިވެރިވާ ފޮޓޯއެއް ޖަމީލް ވަނީ ޙިއްސާ ކުރަށްވާފައެވެ،

"އެސްއޯއެފުން ފައިސާ ލިބުނު ވަޒީރަށް، އެމްޑީޕީ މޭޔަރަށް އަދި މެމްބަރަކަށް ދަޢުވާ ނުކުރާނެ. ދެން އިވޭނީ މަޙްލޫފަށްވެސް ދަޢުވާ ނުކުރާ ޚަބަރު." ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.



އެމްޑީޕީ އިސްވެ އޮވެ ކުރާ މިހާރުގެ ވެރިކަން ގެނައުމަށް ރައީސް ޔާމީނާ ދެކޮޅަށް ނުކުމެވަޑައިގެން އެމަނިކުފާނަށް ވަގަށް ގޮވަމުން ގެންދެވި ޑރ. ޖަމީލް އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ ނުތާހިރު ފިލޯސަފީއެއްގެ ވެރި ބައެއް ކަމަށެވެ. މިނިސްޓަރ މަޙްލޫފް އެ ޙަފްލާގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން ޖިންސީ ފުރައްސާރައިގެ މައްސަލާގައި ވަޒީރުކަމުން ވަކިކުރި ޢަލީ ވަހީދު ރާއްޖޭން ބޭރަށް ފުރުވާލުމަށް ޖާމިނުވި އައްސަދު ޢަލީ، އަޑުބަރޭ ޤައުމީޓީމުގައި ހިމެނުމުންވެސް ގިނަބައެއްގެ ފާޑުކިއުން ސަރުކާރާއި އެފްއޭއެމަށް ވަނީ އަމާޒުވެފައެވެ.

މަޤާމުން އެކަހެރި ކޮށްފައިވާ ޔޫތު މިނިސްޓަރު މަޙްލޫފް، ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗް ބައްލަވާލައްވަން ދަނޑަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި، ކުރީގެ ރައީސް މައުމޫނު، އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އަރިހުގައި މެޗްބައްލަވަން އިންނެވުމުން އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަޑުއުފުލާފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު