"އިހްލާސްތެރި ޕާޓީ މޯލްޑިވްސް" އުފެއްދުމަށް ދިން ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ބާތިލްކޮށްފިއެވެ.
އިލެކްޝަން ކޮމިޝަނުން މިއަދު ބުނީ "އިހްލާސްތެރި ޕާޓީ މޯލްޑިވްސް" ގެ ނަމުގައި، ސިޔާސީ ޕާޓީއެއް އުފެއްދުމަށް، މ.ކެލަން, މުހައްމަދު އިސްމާއިލަށް އޮކްޓޯބަރު 3، 2021 ގައި އެ ކޮމިޝަނުން ދީފައިވާ ހުއްދަ އެފަރާތުން އެދިގެން ބާތިލް ކުރުމަށް މިއަދު ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އިޚްލާސްތެރި ޕާޓީ އުފެއްދުމަށް ދިން ހުއްދަ މިއަދު ބާތިލްކޮށްފައިވާއިރު، މިވަގުތުވެސް ރާއްޖޭގައި ދެ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އެގޮތުން ވިލިމާލޭ ދާއިރާގެ މެންބަރު އަޙްމަދު އުޝާމްގެ މޯލްޑިވްސް ނެޝަނަލް ޕާޓީ އުފެއްދުމަށް ހަމަކުރަންޖެހޭ ޢަދަދަށް ސޮއި ހަމަކުރުމަށްފަހު، އީސީއަށް ވަނީ ހުށައަޅާފައެވެ.
އޭގެ އިތުރުން ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ކަމާލުއްދީން، އޭކޭ "ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ" ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަވަން ގެންދަވަނީ މަސައްކަތް ކުރަށްވަމުންނެވެ.
ރާއްޖޭގައި މިހާރު 10 ސިޔާސީ ޕާޓީ ހިންގާއިރު އެންމެ ފަހުން ރަޖިސްޓަރީ ކުރީ ރައީސް މައުމޫންގެ އެމްއާރުއެމް އެވެ. އެ ޕާޓީ ރަޖިސްޓަރީ ކުރީ ނޮވެމްބަރު 20، 2019 ގައެވެ.

ކިޔުންތެރިންގެ ހިޔާލު