ކޮވިޑް-19 އާ ދެކޮޅަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް މިހާތަނަށް 3.9 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މި ޚަރަދު ތަކުގެ ތެރެއިން ސިއްހީ އަދި އިޖުތިމާއީ ކަންކަމަށް 2.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އަދި އިކޮނޮމިކް ރެސްޕޮންސް ގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާކަމަށް ވެސް މި ތަފާސްހިސާބުތަކުން ދައްކައެވެ.
މި ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ހެލްތު މިނިސްޓްރީއާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިންނެވެ. އެގޮތުން އެންޑީއެމްއޭ އިން 784.4 މިލިއަން ހަރަދު ކޮށްފައި ވާއިރު، ހެލްތު މިނިސްޓްރީން ވަނީ 813.5 މިލިއަން ހަރަދު ކޮށްފައެވެ.
އޭގެ އިތުރުން އައިޖީއެމްއެޗުން 195.2 މިލިއަން ރުފިޔާ އަދި ހުޅުމާލެ ހޮސްޕިޓަލުން 4.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. އިމިގްރޭޝަނުން ނުވަ ލައްކަ ރުފިޔާ ހަަރަދުކޮށްފައިވާ އިރު، އެމްއެންޑީއެފުން 67.6 މިލިއަން ރުފިޔާ އަދި ފުލުހުންގެ އިދާރާއިން 31.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ފޮރިން މިނިސްޓްރީން 6.8 މިލިއަން ރުފިޔާ، ޖެންޑާ މިނިސްޓްރީން 4.6 މިލިއަން ރުފިޔާ، ޕްލޭނިން މިނިސްޓްރީން 40.9 މިލިއަން ރުފިޔާ އަދި ޓޫރިޒަމް މިނިސްޓްރީން 29.2 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުންވެސް ކޮވިޑާ ގުޅިގެން 3.3 މިލިއަން ރުފިޔާ މިހާތަނަށް ހަރަދުކޮށްފައި ވެއެވެ. މީގެ އިތުރުން ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން 53.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ނެޝަނަލް ޑްރަގް އެޖެންސީން 1.9 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ހިދުމަތްތައް ދިނުމަށް ބޭނުންވާ ސާމާނު ހޯދުމަށް ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮވިޑް-19ގެ ސަބަބުން އިގުތިިސާދީގޮތުން ކުރިމަތިވި ލޮޅުމުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީތެރިވުމަށް ރިކަވަރީ ލޯނުގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އާމްދަނީއަށް އަސަރުކުރި މީހުންނަށް އެހީތެރިވުމުގެ ގޮތުން 420.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ އިރު، ކަރަންޓު ބިލުން 172.4 މިލިއަން ރުފިޔާ އަދި ފެން ބިލުން 26 މިލިއަން ރުފިޔާގެ ސަބްސިޑީ ވަނީ ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު