މިހާރުތިބި ވެރިން ދަނީ ޤައުމަށް ޣައްދާރުވަމުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ޑރ. ޖަމީލް ވިދާޅުވީ މިނިވަންކަން ގިނަ ފަހަރަށް ގެއްލިފައިވަނީ ވެރިން ޤައުމަށް ޣައްދާރުވުމުންކަމަށާއި މިހާރު އޮތީ އެފަދަ ވެރިކަމެއްކަމަށެވެ. އަދި މިއަދު ދިވެހި ފަސްގަނޑު ކޮންމެ ނޭވައެއްވެސް ލަނީ ހާސްކަމާއި ބިރުވެރިކަމާއެކުގައިކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
"މިނިވަންކަން ގިނަ ފަހަރަށް ގެއްލިފައިވަނީ ވެރިން ޤައުމަށް ޣައްދާރުވުމުން. މިހާރު އޮތީ އެފަދަ ވެރިކަމެއް. ކޮންމެ ނޭވާއެއް މިފަސްގަނޑު މިލަނީ ހާސްކަމާއި ބިރުވެރިކަމުގައި. ޤައުމީ ދުވަހުގެ ބަޠަލްގެ ޒިިކްރާ އާކޮށް ޤައުމުގެ ދިފާޢުގައި ތެދުވަން އެދި ގޮވަނީ." ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
ޑރ. ޖަމީލް މި މޭރުމުން ވިދާޅުވެފައިވާއިރު, ފަހަކަށް އައިސް ދިވެހި ސަރުކާރުން ބައިނަލްއަޤުވާމީ މައިދާނުގައި ހޯދަމުންދާ ކާމިޔާބީތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި އެއީ ބޭރުގެ ޤައުމުތަކަށް އަޅުދާސްތުވުން ކަމަށާއި, ޤައުމަށް ޣައްދާރުވުން ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ސިފަ ކުރެއެވެ.
ވަކިން ޚާއްސަކޮށް އަވަށްޓެރި އިންޑިއާއާއިއެކު ރާއްޖެއިން ބާއްވަމުންދާ ގުޅުމަކީ ޤައުމު ވިއްކާލުމުގެ އަޑި ނޭނގޭ ޑީލެއްގެ ތެރެއިން ބާއްވަމުންދާ ގުޅުމެއްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އިދިކޮޅު ފަރާތްތަކުން މިސަރުކާރަށް އެފަދަ ތުހުމަތު ތަކެއް ކުރި ނަމަވެސް ސަރުކާރުން އަންނަނީ ބައިނަލްއަޤްވާމީ މައިދާނުގައި ގައުމުތަކާއެކު ގުޅުން ބަދަހިކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ.

މިނިވަންކަން ގިނަ ފަހަރަށް ގެއްލިފައިވަނީ ވެރިން ޤައުމަށް ޤައްދާރުވުމުން. މިހާރު އޮތީ އެފަދަ ވެރިކަމެއް. ކޮންމެ ނޭވާއެއް މިފަސްގަނޑު މިލަނީ ހާސްކަމާއި ބިރުވެރިކަމުގައި. ޤައުމީ ދުވަހުގެ ބަޠަލްގެ ޒިިކްރާ އާކޮށް ޤައުމްގެ ދިފާޢުގައި ތެދުވަން އެދި ގޮވަނީ. ޤައުމީ ދުވަހުގެ ތަހްނިޔާ. pic.twitter.com/Aer4Ppq2t7
— Mohamed Jameel Ahmed (@MJameelAhmed) October 7, 2021
ޑރ. ޖަމީލް މި މޭރުމުން ވިދާޅުވެފައިވާއިރު, ފަހަކަށް އައިސް ދިވެހި ސަރުކާރުން ބައިނަލްއަޤުވާމީ މައިދާނުގައި ހޯދަމުންދާ ކާމިޔާބީތަކަށް އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. އަދި އެއީ ބޭރުގެ ޤައުމުތަކަށް އަޅުދާސްތުވުން ކަމަށާއި, ޤައުމަށް ޣައްދާރުވުން ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ސިފަ ކުރެއެވެ.
ވަކިން ޚާއްސަކޮށް އަވަށްޓެރި އިންޑިއާއާއިއެކު ރާއްޖެއިން ބާއްވަމުންދާ ގުޅުމަކީ ޤައުމު ވިއްކާލުމުގެ އަޑި ނޭނގޭ ޑީލެއްގެ ތެރެއިން ބާއްވަމުންދާ ގުޅުމެއްކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ.
އިދިކޮޅު ފަރާތްތަކުން މިސަރުކާރަށް އެފަދަ ތުހުމަތު ތަކެއް ކުރި ނަމަވެސް ސަރުކާރުން އަންނަނީ ބައިނަލްއަޤްވާމީ މައިދާނުގައި ގައުމުތަކާއެކު ގުޅުން ބަދަހިކޮށް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު