މިއަދު ފާހަގަކުރާ ރާއްޖޭގެ ޤައުމީ ދުވަހު ލިބޭ އުފާވެރި ޚަބަރަކީ މެލޭރިއާއަށް ވެކްސިނެއް ހޯދުނު ހަބަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް, ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރަމުންދާ ޤައުމީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުއްވައި ރައީސް ނަޝީދު މިއަދު ވިދާޅުވީ ޤައުމީ ދުވަހު ލިބޭ އުފާވެރި ޚަބަރަކީ މެލޭރިއާއަށް ވެކްސިން ހޯދުނު ހަބަރު ކަމަށެވެ. އަދި ނުގުޑާ ފަދަ ގައުމިއްޔަތަކާއި ފުރިހަމަ ސިއްހަތާއި އިންސާފުވެރިކަމާއި ޑިމޮކްރަސީ އަދި ހަރުދަނާ އިގްތިސާދެއް ބިނާ ކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށްވެސް ރައީސް ނަޘީދު ވިދާޅުވިއެވެ.
"ގައުމީ ދުވަހުގެ ތަހުނިޔާ. ދިވެހިން މި ގައުމީ ދުވަހާއި ކުރިމަތިލާއިރު ލިބޭ އުފާވެރި ހަބަރަކީ މެލޭރިއާއަށް ވެކްސިނެއް ހޯދިއްޖެ ކަމުގެ ހަބަރު. ނުގުޑާ ފަދަ ގައުމިއްޔަތަކާ ފުރިހަމަ ސިއްހަތެއް. އިންސާފުވެރިކަން. ޑިމޮކްރަސީ އަދި ހަރުދަނާ އިގްތިސޯދެއް ބިނާ ކުރުން ކޮންމެހެންވެސް ބޭނުންތެރި." ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދު ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވާއިރު އެމަނިކުފާނު އަވަހާރަކޮށްލުމަށް މެއި 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ޙަމަލާއަށްފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިފަހުން ރާއްޖެއަށް އެނބުރި ވަޑައިގެންފައެއް ނުވެއެވެ.
ރައީސް ނަޝީދު މިވަގުތު ހުންނެވީ ވޯލްޑް އެކްސްޕޯގައި ބައިވެރިވެ ވަޑައިގަތުމަށް ޔޫއޭއީގައެވެ. ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގަންނަވާނެ ދުވަހެއް އެމަނިކުފާނުވެސް އަދި އެހެން އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

Qaumee dhuvahuge thahniya.
— Mohamed Nasheed (@MohamedNasheed) October 7, 2021
Dhivehin mi Qaumee dhuvahai kurimathilaairu libey ufaaveri khabarakee Malaria ah vaccine eh hoadhijjekamuge khabar. Nugudaa fadha qaumiyyathakaa furihama sihhatheh, insaafverikan, democracy adhi harudhana iqthisoadheh binaakurun konmehenves beynuntheri
ރައީސް ނަޝީދު ޤައުމީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައިވާއިރު އެމަނިކުފާނު އަވަހާރަކޮށްލުމަށް މެއި 6 ވަނަ ދުވަހު ދިން ޓެރަރިސްޓް ޙަމަލާއަށްފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިފަހުން ރާއްޖެއަށް އެނބުރި ވަޑައިގެންފައެއް ނުވެއެވެ.
ރައީސް ނަޝީދު މިވަގުތު ހުންނެވީ ވޯލްޑް އެކްސްޕޯގައި ބައިވެރިވެ ވަޑައިގަތުމަށް ޔޫއޭއީގައެވެ. ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގަންނަވާނެ ދުވަހެއް އެމަނިކުފާނުވެސް އަދި އެހެން އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

JPN
KSA
IRN
ކިޔުންތެރިންގެ ހިޔާލު