އިދިިކޮޅުު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުالله
އިދިިކޮޅުު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުالله
މި ސަރުކާރުން ދީނީ މިނިވަންކަން ދިނުމަށް މަސައްކަތް ކުރަމުން ދާކަމަށް އިދިިކޮޅުު ޕީއެންސީގެ ލީޑަރ އަބްދުއްރަޙީމް ޢަބްދުالله މިއަދު ތުހުމަތު ކުރަށްވައިފި އެވެ.

ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި ރައީސް ޞާލިޙް ވަނީ, ދިވެހިން ބައިބައި ކުރުމަށް މަސައްކަތް ކުރަމުންދާ ބަޔަކު ރާއްޖޭގައި ތިބިކަމަށް ވިދާޅުވެފައެވެ. އެކަމަށް ރައްދު ދެއްވަމުން އަދުރޭ މިއަދު ވިދާޅުވީ, މި ސަރުކާރުން ދަނީ ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އަދި ދިވެހީން ބައިބައިކޮށް ދިވެހީންގެ ޒަމާންވީ އެކުވެރިކަމާ އެއްބައިވަންތަކަން ނަގާލާ، މިނިވަންކަމާ ގައުމިއްޔަތު ވިއްކާލާ ދިވެހީން އަޅުވެތިކުރުމުގެ މަސައްކަތް ކުރަމުން ދަނީ ރައީސް ޝާލިޙްގެ ސަރުކާރުން ކަމަށް އަދުރޭ ތުހުމަތު ކުރަށްވާފައިވެއެވެ.



ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އިޖުތިމާޢީ އަދަބު އަޚްލާޤުގެ ހަފޮޅުން ބޭރުކޮށް ދިވެހިން ބައިބައިކުރުމަށް، ބަޔަކު ކެނޑިނޭޅި މަސައްކަތްކުރަމުންދާ ކަމަށާއި އެފަދަ ފިކުރުތަކަށް ފާޅުގައި ނޫނެކޭ ބުނަންޖެހޭ ކަމަށެވެ.

ރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ތުހުމަތު ކުރަށްވަމުން ވެސް އަދުރޭ ވަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ރައީސް ޞާލިޙަށް ގޮވާލައްވާފައެވެ.

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވެފައިވަނީ ޤައުމީ ދުވަހު ރައީސް ޞާލިޙަށް ދިވެހި ރައްޔިތުންނަށް ކޮށްދެއްވޭނެ އެންމެ ރަނގަޅު ކަމަކީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު